ކަރަންޓުގެ އަގު ހެޔޮކުރަން ރައީސް މުއިއްޒު ނިންމަވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

މިއަންނަ މަހުން ފަށައިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް، ކުޑަ ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެ ކަން ތަންފީޒު ކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ދަންނަވާފައިވާނެ ކަމަށެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުގެ ގޮތުގައި މިހާރު ނަގަމުން އަންނަ އަދަދާއި އަގު ހެޔޮކުރުމުން ނަގާނެ އަދަދު ވެސް ހިމަނުއްވައިފައިވެ އެވެ.

އެއީ:

ttttrrffdddfff.jpg

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކަރަންޓް ބިލުތަކުން ރައްޔިތުންނަށް ލުއި ދިނުމަށް ސަރުކާރުން ވަނީ، ރިޔާސީ ދައުރުގައި މި ފާއިތުވި 2 ރަމަޟާން މަހުވެސް، ޑިސްކައުންޓު ދީ، ވަކި މިންވަރެއް މައާފު ވެސް ކޮށްދެއްވާފަ އެވެ.

އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅު ތަކުގެ ތެރެއިން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭބިސީތަކުގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ވެސް ވަނީ މައާފުކޮށްދީފަ އެވެ.

މިއަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލު ތަކަށް ދިން ޑިސްކައުންޓުގެ އިތުރުން، މިދިޔަ އޭޕްރީލް ގައި ވެސް، ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރި މިންވަރު އިތުރުވެފައި ވާތީ، ގޭބިސީ ތަކުގެ ކަރަންޓު ބިލު ތަކަށް ބޮޑު ލުޔެއް ސަރުކާރުން ދިންކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

18 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy