"ދެއަހަރު ތެރޭ ރާއްޖޭގެ ސިއްހީ ދާއިރާ، ބޮޑުތަނުން ކުރިއަރައިގެންދާނެ"

"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް

މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާ، ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ހިދުމަތުގެ ފެންވަރާއި، އުމްރާނީ އަދި އިންސާނީ ވަސީލަތުގެ ގޮތުން މުޅި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރެއްވުމަށް، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި، ސިއްހީ ކަންކަން ރަނގަޅު ކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

މާލޭ ސަރަހައްދަކީ މުޅި ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް މިއަދު ވަޒަންވެރިވެގެން ދިރިއުޅޭ ސަރަހައްދަށް ވެފައިވާ ވާއިރު، ސިއްހީ ދާއިރާ ކުރިއެރުވުމުގެ ގޮތުން މާލޭ ސަރަހައްދުގައި ގިނަ މަސައްކަތްތަކެއް ނިންމައިލެވި، ހިދުމަތް ދޭން ފެށިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަން އަދި އެއަށްވުރެ މާބޮޑަށް ވެސް ރަނގަޅު ކުރެވިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހަށްބަލާއިރު، ސިއްހީ ދާއިރާގެ ތަރައްގީއަށް ޓަކައި އަދުގެ ސަރުކާރުން ފެއްޓި މުހިންމު މަޝްރޫއުތަކެއްގެ ތެރެއިން ބައެއް މަޝްރޫއުތަކުގައި ހަގީގީ ކުލަޖެހި، އަމަލީ ގޮތުން ރައްޔިތުންނަށް އެކަމުގެ ފައިދާ ވަނީ ކުރަން ފަށާފަ އެވެ.

އެގޮތުން، މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓާ އޮރެންޖް ހިޔާއަށް ބަދަލުކުމުގެ މަސައްކަތް މަޑުޖެހިފައި ވަނިކޮށް، އެއީ ގައުމީ މައްސަލައެއް ކަމުގައި ދެކެވަޑައިގެން ދިވެހި ސިފައިންނާ އެކަން ހަވާލުކުރައްވައިގެން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ރައީސް ވަނީ، މެއި 25 ވަނަ ދުވަހު، އެތަނުގެ ހިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ.

މި ބަދަލާއެކު ޖާގައިގެ ތަނަވަސްކަން ލިބި، ހިދުމަތް ފޯރުކޮށްދިނުމަށް ވެސް ލުއިފަސޭހަކަން ވަނީ ލިބިފައި އެވެ. އަލަށް ތަރައްގީ ކުރެވުނު ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ހާއްސަ ވޯޑަކާއި، ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހިމެނެ އެވެ. އޭގެ އިތުރުން ލޭ ރައްކާ ކުރުމުގެ ކެޕޭސިޓީ 200 ޕައިންޓަށް އިތުރުކުރެވި އަންހެނުންނަށް ހާއްސަ ވޯޑަކާއި، ކުޑަކުދިންނަށް ހާއްސަ ވޯޑެއް ވަނީ އިތުރުކުރެވިފަ އެވެ. އަދި އިންސާނީ އަދި ފަންނީ ވަސީލަތްތައް ވެސް ވަނީ އިތުރުކުރެވިފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

13 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy