ހުޅުމާލެ މާސްޓާ ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ހުޅުމާލޭ ރިވައިޒްޑް މާސްޓާ ޕްލޭން: ފޮޓޯ/ އެޗުޑީސީ

ހުޅުމާލޭ ރިވައިޒްޑް މާސްޓާ ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން ހުޅުވާލައިފި އެވެ.

އެޗުޑީސީން ބުނީ މާސްޓާ ޕްލޭނަށް ބަދަލު ގެނައީ ހުޅުމާލޭގެ ބަނދަރުގެ ޖާގަ ތަނަވަސްކުރުމާ އެކު، ހުޅުމާލެއަށް ބޭނުންވާ އިތުރު ތަރައްގީގެ މަޝްރޫއު ތަކަށް ފުރުސަތު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު މައުރޫފު ޖަމީލް ވިދާޅުވި ގޮތުގައި، މި މާސްޓާ ޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާ އެކު ހުޅުމާލެ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.

މި މާސްޓާ ޕްލޭނާ ގުޅޭ އެންމެހާ މައުލޫމާތު އެޗުޑީސީގެ ޕޯޓަލުން މިހާރު ފެންނަން ހުންނާނެ އެވެ. އަދި ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް، ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް މާސްޓާ ޕްލޭން ލޯންޗުކުރުމާ އެކު ވަނީ ހުޅުވާލާފަ އެވެ.

ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ. މާސްޓާ ޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުން ތަކަށް ބެލުމަށްފަހު އެވެ.

އެޗުޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ އާންމުންގެ ހިޔާލާއި މަޝްވަރާއާ އެކު ހުޅުމާލެ ތަރައްގީކޮށް، އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީވެފައިވާ ހިތްފަސޭހަ އައިލެންޑް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކަމަށެވެ.

ހުޅުމާލޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ބަދަލުތައް ހިމަނައިގެން ރިވައިޒްކުރި މި މާސްޓާ ޕްލޭން ލޯންޗު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މާސްޓާ ޕްލޭނަކީ، ހުޅުމާލޭގައި ސަރުކާރުން ކުރިއަށް ގެންދަން ގަސްތުކުރާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި، އަދި ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހީގައި ފައިނޭންޝަލް ސެންޓަރާ އެކު ގުޅިލާމެހިގެން، އިންޓަގްރޭޓަޑް ގޮތެއްގައި ތަރައްގީ ގެނައުމަށް މަގުފަހިވެގެންދާ މާސްޓާ ޕްލޭނެއް ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy