މިވަގުތު މާއްކާގައި ތިބީ 499 ދިވެހި ހައްޖާޖީން، އެންމެންގެ ހާލު ރަނގަޅު

ދިވެހި ހައްޖާޖީއަކު ފުރުމުގެ ކުރިން އާއިލާއާ އަލްވަދާއު ކިޔަނީ -- ފޮޓޯ/ އިސްލާކިމް މިނިސްޓްރީ

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ރާއްޖެއިން މައްކާއަށް ދިޔަ ދެ ގުރޫޕުގައި ހިމެނޭ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިޔަ މީހުންގެ ތެރެއިން މިވަގުތާ ހަމައަށް މައްކާއަށް ދެވިފައި ވަނީ 499 މީހުންނަށް ކަމަށެވެ. އަދި އެ ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ހައްޖު މިޝަނުން ދަނީ ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ބަލަމުން، ހައްޖު ކޯޕަރޭޝަނުން ވަނީ ފުރިހަމަ އިންތިޒާމުތަކެއް ކޮށްފައި،" ޝަހީމް ވިދާޅުވި އެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް ހައްޖުވެރީން އެއާޕޯޓަށް ދިއުމުގައި މިއަހަރު ވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފަ އެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވެ އެވެ.

ރާއްޖެއިން ހައްޖަށް ދާ މީހުން މި އަހަރު ހަތަރު ފުލައިޓެއްގައި ދަތުރު ކުރާނެ އެވެ. އެއީ ސައުދީ އަރަބިއާގެ ދެ ފުލައިޓަކާއި މޯލްޑިވިއަންގެ ދެ ފުލައިޓެއްގަ އެވެ.

ހައްޖުވެރީންގެ ދެ ވަނަ ގުރޫޕު ފުރާފައިވާއިރު، ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ހައްޖުވެރީން ފުރުމަށް ހަމަޖެހިފައިވެ އެވެ.

ދިވެހި ހައްޖުވެރީން މި ފަހަރު މައްކާއަށް ފުރަނީ، ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

47 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy