ހަންޏާމީދޫގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީ އަށް

ހައްޏާމީދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ/ އެމްޓީސީސީ

އދ. ހަންޏާމީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމެވެ.

މި މަޝްރޫއުގެ ދަށުން، އެރަށު ގޮނޑުދޮށަށް 14,322.75 ކިއުބިކް މީޓަރުގެ ރާޅު ވެލި އެޅުމާއި 14,322.75 ކިއުބިކް މީޓަރުގެ ހިމުން ވެލި ގޮނޑުދޮށަށް އެޅުމާއި، 455 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި، 440 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށް ފަހު އެވެ.

މުޅިއެކު 240 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއަކީ 46.20 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

760 މީހުންގެ އާބާދީއެއް އޮންނަ ހަންޏާމީދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށްގިރުމުގެ މައްސަލަ އެވެ. ރަށްގިރަމުން ދިއުމުގެ ސަބަބުން ރަށުގެ ރީތި ގޮނޑުދޮށްވެސް ވަނީ އެއްކޮށްހެން ގިރައި ހުސްވެފަ އެވެ.

ހަންޏާމީދޫއަކީ ފަތުރުވެރިކަމުން އާމްދަނީ ހޯދާ ރައްޔިތުން ގިނަ ރަށަކަށް ވެފައި، ރަށުގެ ރީތި ގޮނޑުދޮށް ގިރައިގެން ދިއުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ.

އެހެންކަމުން މިއަދު މި ސޮއި ކުރި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބި ރަށުގެ ގޮނޑުދޮށް އިޔާދަކުރެވިގެން ދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި  މިކަމުގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުން ރަށަށް ގިނަ ފައިދާ ތަކެއް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

15 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy