މައްކާ ރޫޓުގެ ހިދުމަތާއެކު ދިވެހި ހައްޖުވެރީންނަށް ބޮޑު ލުއި ފަސޭހައެއް ލިބިއްޖެ: ޝަކީލް

--

މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވުމާއެކު ދިވެހި ހައްޖުވެރީންނަށް ބޮޑު ލުއި ފަސޭހައެއް ލިބިއްޖެ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

ޝަކީލް، ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަންގައި މިއަދު ސައުދީ އަރަބިއްޔާގެ ޖިއްދާ އެއާޕޯޓްގައި ފުލައިޓު ޖެއްސުމާއެކު ފުލައިޓުން ފައިބައިގެން ޓާމިނަލް ތެރެއަށް ވަތް ވަގުތު ހިނިތުންވުމާ އެކު މަރުހަބާ ކިޔުމަށް ތިބީ މައްކާ ރޫޓުގެ އޮފިޝަލުން ކަމަށެވެ.

އޭނާ ވިދާޅުވީ އޮފިޝަލުން ދެއްވި އިރުޝާދާ އެއްގޮތަށް ހައްޖުވެރީން ޓާމިނަލް ތެރެއަށް ވަދެގެން ދިއުމާއި އެތަނުން ނުކުތުމާ ދެމެދު ހޭދަ ކުރަން ކުރާން ޖެހުނީ އެންމެ ތިން މިނެޓް ކަމަށެވެ.

"މައްކާ ރޫޓްގެ އޮފިޝަލުން ދެއްވި އިރުޝާދާ އެއް ގޮތަށް ޓާމިނަލް ތެރެއަށް ވަދެގެން ދިއުމާއި ހައްޖުވެރީން ޓާމިނަލް އިން ނުކުތުމާ ދެމެދު އެރައިވަލް ޓާމިނަލް ތެރޭގައި ހޭދަވީ އެންމެ 3 މިނެޓް، މައްކާ ރޫޓްގެ ހިދުމަތާއެކު ކޮން ފަދަ ބޮޑު ލުއި ފަސޭހައެއް ތޯ ދިވެހި ހައްޖުވެރިންނަށް،" ޝަކީލް ވިދާޅުވި އެވެ.

ޝަކީލް އިތުރަށް ވިދާޅުވީ ހައްޖުގެ އަޅުކަމަށް ސައުދީއަރަބިއްޔާއަށް ދާ ދިވެހި ހައްޖުވެރީން ބަހުގައި މައްކާއިން މަދީނާއަށް ދާން މީގެ ކުރިން 8-10 ގަޑިއިރު ހޭދަވާ ކަމަށެވެ. ނަމަވެސް ބަހުގައި މައްކާއިން މަދީނާއަށް ކުރަމުން އައި ދަތުރު ހައިސްޕީޑް ޓްރެއިންގައި ކުރުމަށް ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާތީ، މި އަހަރުން ފެށިގެން ހައްޖުވެރީން މައްކާއިން މަދީނާ އަށް ކުރާ ދަތުރުތައް ކުރާނީ ހައިސްޕީޑް ޓްރެއިންގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއާއެކު ދަތުރުގެ ވަގުތު 2 ގަޑިއިރަށް ކުޑަވެގެންދާނެ ކަމަށާއި އަދި ހައްޖުގެ އަޅުކަމަށްފަހު، ހައްޖުވެރީން އުފުލަންޖެހޭ ތަކުލީފު ތަކަށް ވެސް ލިބޭ ބޮޑު ލުޔަކަށް ވެގެންދާނެ ކަމަށް ޝަކީލް ވިދާޅުވި އެވެ.

މިކަމާބެހޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ  މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު މިހާތަނަށް ލިބުނު އަށް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ކަމަށާއި މިއީ ދިވެހި ހައްޖުވެރިންނަށް އެންމެ ލުއި އަހަރަށް ވާނެ ކަމަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

2 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

58 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy