އެންމެ ޒަމާނީ ވަސީލަތްތަކާއެކު އައިޖީއެމްއެޗުގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގު ހުޅުވުން — ފޮޓޯ/ ރައީސް އޮފީސް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމުކޮށްފައިވާ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފި އެވެ.
މިއަދު ހުޅުއްވައިދެއްވި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގުގައި ޖެނެރަލް ސާޖަރީ ތަކާއި، ނިއުރޯ ސާޖަރީ ތަކާއި ޕްލާސްޓިކް ސާޖަރީ ތަކާއި، އޯތޯ ސާޖަރީ ތަކާއި ޔޫރޮލޮޖީގެ ސާޖަރީތައް ކުރާ ބަލިމީހުން އެޑްމިޓު ކުރެވޭނެ އެވެ. މި ވިންގާ އެކު އައިޖީއެމްއެޗުގެ އެނދުގެ ޖުމުލަ އަދަދު މި ވަނީ 510 އަކަށް އިތުރުކުރެވިފަ އެވެ.
މި ވިންގު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެ ވިންގު ބައްލަވާލައްވާފަ އެވެ.
ރައީސްގެ އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި ވަޒީރުންނާއި މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ބޯޑުގެ ޗެއާ ޕާސަން ޑރ. އަބްދުލްއަޒީޒް ޔޫސުފް އާއި ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އާއި އެސިސްޓަންޓް މެޑިކަލް ޑިރެކްޓަރު އަދި ހެޑް އޮފް ދަ ޑިޕާޓްމަންޓް އޮފް ސާޖަރީ ޑރ. މުޙައްމަދު ވަހީދު އަދި ޑިރެކްޓާ ޖެނެރަލް އޮފް ނާސިން މަރިޔަމް ޝިފާ، ބައިވެރިވެވަޑައިގަތެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް