މިފަހަރުގެ ހައްޖު މޫސުމަކީ ދިވެހި ހައްޖާޖީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށް ވާނެ: ރައީސް

މައްކާ ރޫޓު އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މި ފަހަރުގެ ހައްޖު މޫސުމަކީ ދިވެހި ހައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމުން ދިވެހި ހައްޖުވެރީނަށް ހުރި ލުއި ފަސޭހަތަކާ ބެހޭގޮތުން ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު މިހާތަނަށް ލިބުނު 8 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ، ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. އެގޮތުން އެހެން އަހަރުތަކާ ހިލާފަށް ހައްޖުވެރީން އެއާޕޯޓުގައި ގިނަވަގުތު މަޑު ކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ މި ފަހަރުގެ މުޅި ހައްޖު ދަތުރުވެސް ދިވެހި ހައްޖާޖީންނަށް މި ފަދަ އެތައް ލުޔެއް ލިބި، ހިދުމަތުގެ ފެންވަރު ވެސް ރަނގަޅު ވާނެ، ދިވެހި ހައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށް ވާނެ، އުންމީދަކީ ކުރިމަގުގައި މިއަށްވުރެ ވެސް ކަންކަން ފަހިވުން،" ރައީސް ވިދާޅުވި އެވެ.

ދިވެހި ހައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މި އަހަރު ހޯދައިދެވޭތީ މާތްﷲގެ ހަޒުރަތަށް ހަމްދުކުރާ ކަމަށާއި އެކަމަށް ޓަކައި ސައުދީ ސަރުކާރަށް ވެސް ޝުކުރު ދަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނެއްވުމަށް ސައުދީ ސަރުކާރުން ނިންމަވާފައިވަނީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ސީދާ އިރުޝާދުފުޅާ އެކު، މައްކާ ރޫޓު އިނީޝިއޭޓިވްގައި ގައުމުތައް ހިމެނުމަށް ސައުދީ ސަރުކާރުން ކަނޑައަޅުއްވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް، ހާއްސަކަން ދެވިގެންނެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ހިމެނުމާއެކު ދިވެހި ހައްޖުވެރީންގެ ދަތުރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ އެވެ. އެ ގޮތުން ދިވެހި ހައްޖުވެރީން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ބޮޑުތަނުން ކުޑަވެގެންދާނެ އެވެ.

ދިވެހި ހައްޖުވެރީން ރާއްޖެއިން ފުރާއިރު ސައުދީ އަރަބިއްޔާގެ އިމިގްރޭޝަން ފުރިހަމަކުރެވިފައިވާއިރު، ހައްޖުވެރިންގެ ފޮށިތައް މައްކާ ރޫޓު އިނީޝިއޭޓިވް ޓީމުން މައްކާ ހޮޓަލާ ހަމައަށް ގެންގޮސްދޭނެ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

11 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy