އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވާން އެދެފި

އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވާން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި — ފޮޓޯ/ މިހާރު

މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރުވަމުން އަންނާތީ ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިދިޔަ އޭޕްރީލް މަހުގެ 6 އިން ފެށިގެން މިހިނގާ މެއި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ރިޕޯޓް ކުރެވުނު އަރިދަފުސް ރޯގާގެ ކޭސްތަކުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

އެ ގޮތުން މި މުއްދަތުގައި އަރިދަފުސް ރޯގާގެ 43882 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރު ރިޕޯޓް ކޮށްފައިވާ ކޭސްތަކުގެ އަދަދަކީ 36048 އެވެ.

އަރިދަފުސް ރޯގޭގެ އިތުރުން އިންފުލުއެންޒާ ވެސް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު 50 ކޭސް ރިޕޯޓް ކޮށްފައިވާއިރު، މި އަހަރު މި މުއްދަތުގައި 254 ކޭސް ރިޕޯޓުކޮށްފައިވެ އެވެ.

ނަމަވެސް މި މުއްދަތުގައި ކޮވިޑު ކޭސްތައް މާބޮޑު ތަފާތެއް ނާދެ އެވެ. މިދިޔަ އަހަރު 38 ކޭސް ރިޕޯޓްކުރިއިރު، މި އަހަރު ރިޕޯޓް ކުރީ 37 ކޭސް ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރުވެފައިވާއިރު، ކޮވިޑާއި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކުރީ މާލޭ ސަރަހައްދުން ކަމަށެވެ.

އެހެން ކަމުން މި ފަދަ ރޯގާ ތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

49 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy