--
މި އަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރީންނަށް ލުއި ފަސޭހަކޮށް ދިނުމަށް ޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފި އެވެ.
އެމްއޭސީއެލުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި އަހަރުގެ ހައްޖު ދަތުރުތައް ފަސޭހަކަމާ އެކު ކުރިއަށް ގެންދިއުމަށް ޓަކައި ވީއައިއޭގައި އެކުންފުނިން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ހާޖީންނަށް ވިލަރެސްކުރެވިފައިވާ އެހީތެރިކަމާއި، އާއިލާ ތަކަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުހައްދުތަކާއި، އަދި މައްކާ ރޫޓް ހިދުމަތް ތައާރަފު ކުރުން ހިމެނޭ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ހައްޖުވެރީންގެ ފުރަތަމަ ގުރޫޕް ފުރާފައިވަނީ މިއަދު 15.14 ހާއިރު ސައުދީ އެއާލައިނުންނެވެ. މިފުލައިޓުގައި 234 މީހުން ފުރާފައިވެ އެވެ.
ރާއްޖެއިން ހައްޖަށް ދިޔުމަށް ފުރާ ދެ ވަނަ ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ. ތިންވަނަ ފްލައިޓު ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހު އެވެ. އަދި އެންމެ ފަހު ފްލައިޓު ފުރާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.
ކުރީ އަހަރު ތަކެކޭ އެއްގޮތަށް ހައްޖުވެރީން އެއާޕޯޓަށް ދިއުމުގައި މި އަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފަ އެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވެ އެވެ.
ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއިން މި އަހަރު ލިބިފައިވަނީ 1،000 ކޯޓާ އެވެ.
ހައްޖުވެރީންނަށް ފަސޭހަކޮށްދިނުމަށް ރާއްޖެއިން ވަނީ "މައްކާ ރޫޓު އިނީޝިއޭޓު"ގައި ވެސް ބައިވެރިވެފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް