ދިވެހި ހައްޖުވެރީންނަށް ޖިއްދާ އެއާޕޯޓުން ހޫނު މަރުހަބާއެއް!

ދިވެހި ހައްޖުވެރީނަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ކިޔުން: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހައްޖުވެރީނަށް ސައުދީ ސަރުކާރުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ހައްޖުވެރީންނަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ދެންވުމަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ބޭފުޅުންނާއި ދިވެހި ހައްޖު މިޝަން، ސައުދީގައި ހުންނަ ދިވެހި އެމްބަސީ އަދި ހައްޖު ކޯޕަރޭޝަންގެ ބޭފުޅުން އެއާޕޯޓުގައި ހަރަކާތްތެރިވެލައްވާފައިވެ އެވެ.

މިއީ ދިވެހި ހައްޖުވެރީންނަށް މިފަދަ ގޮތަކަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ދެންނެވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެ އެވެ.

މިއަދު ރާއްޖޭގައި ރަސްމީކޮށް އިފްތިތާހު ކުރި މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރީން ރާއްޖެއިން ފުރުމުގެ ކުރިން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ ކަމެއް ފުރިހަމަކުރެވިފައިވާއިރު، ހައްޖު ވެރީން ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހި ހައްޖުވެރީންނަށް ލިބިގެންދާ ބޮޑު ފަސޭހައެއްކަން ފާހަގަ ކޮށްލެވެ އެވެ.

މި އަހަރަކީ ދިވެހި ހައްޖުވެރީންގެ އިންތިޒާމުތަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާއެކު ބޮޑެތި ބަދަލުތަކެއް ގެނެވި، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ އަހަރެކެވެ.

މިއަދު ރާއްޖެއިން ހައްޖަށް ފުރާފައި ވަނީ 234 ހައްޖުވެރީންނެވެ. ހައްޖުވެރީންގެ ދެ ވަނަ ފުލައިޓު ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

15 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy