ހައްޖުވެރީންގެ ފުރަތަމަ ގުރޫޕުގައި 234 ހައްޖުވެރީން ފުރައިފި

މިއަދު ހައްޖަށް ފުރި ހައްޖާޖީއަކާ ރައީސް ސަލާމް ކުރައްވަނީ --

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ހައްޖުވެރީންގެ ފުރަތަމަ ގުރޫޕް ފުރައިފި އެވެ.

ހައްޖުވެރީންގެ ފުރަތަމަ ގުރޫޕް ފުރާފައި ވަނީ މިއަދު 15.14 ހާއިރު ސައުދީ އެއާލައިނުންނެވެ. މިފުލައިޓުގައި 234 މީހުން ފުރާފައިވެ އެވެ. މި ފުލައިޓް ޖިއްދާ އެއާޕޯޓްގައި މިހާރު ވަނީ ޖައްސާފަ އެވެ.

ކުރީ އަހަރު ތަކެކޭ އެއްގޮތަށް ހައްޖުވެރީން އެއާޕޯޓަށް ދިއުމުގައި މި އަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފަ އެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވެ އެވެ.

ސަރުކާރުން ވަނީ މާލެއިން 3 ރޫޓަކުން އަދި ހުޅުމާލެއިން 2 ރޫޓަކުން ބަސްދަތުރު ވަނީ ހަމަޖައްސާފަ އެވެ. ބަސް ދަތުރުތައް ފެށީ ހެނދުނު 10:30ގަ އެވެ.

މިއަދު ހައްޖުވެރީންގެ ފުރަތަމަ ގުރޫޕް ފުރާފައިވާއިރު އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހު ވެސް ހައްޖުވެރީން ފުރުމަށް ހަމަޖެހިފައިވެއެވެ.

ދިވެހި ހައްޖުވެރީން މި ފަހަރު މައްކާއަށް ފުރަނީ، ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަ އެވެ.

މި ހިދުމަތް ދިވެހީންނަށް ފަހިވެފައި ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ހާއްސަ އިރުޝާދުގެ ދަށުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

59 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy