ރައީސް، ހުޅުމާލޭ ރިވައިސްޑް މާސްޓާ ޕްލޭން އިފުތިތާހުކޮށްދެއްވުމަށްފަހު، ވާހަކަފުޅު ދައްކަވަނީ – ފޮޓޯ/ ރައީސް އޮފީސް
ހުޅުމާލޭގެ އައު މާސްޓާ ޕްލޭނަކީ ދުރު ރާސްތާއަށް ވިސްނައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީން ކުރެވޭނެ މާސްޓާ ޕްލޭނެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ހުޅުމާލޭ ރިވައިސްޑް މާސްޓާ ޕްލޭނާއި އަދި އެޗްޑީސީގެ އައު ވެބްސައިޓް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ހުޅުމާލޭ ރިވައިސްޑް މާސްޓާ ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން ގާތްގަނޑަކަށް ތިން ލައްކައެއްހާ ރައްޔިތުންނަށް، ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އެތައް ގޮތަކުން ފަހިވެގެންދާނެ ކަމަށެވެ. އަދި ހުޅުމާލޭ ރިވައިސްޑް މާސްޓާ ޕްލޭން ހަގީގަތަކަށް ހެދުމުގައި، ހުރިހާ ބޭފުޅުންގެ ވިސްނުން އެއްގޮތް ކުރައްވައި، ބުރަ މަސައްކަތްތަކެއް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ރައީސްގެ ވާހަފުޅުގައި ވަނީ ގްރޭޓާ މާލޭ ސަރަހައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް، މި މާސްޓާ ޕްލޭނުން މަގުފަހިކޮށްދެވޭނެކަން ފާހަގަ ކުރައްވާފަ އެވެ.
މާލޭ ސިޓީގައި އޮތް ތޮއްޖެހިފައިވާ ނުތަނަވަސް ކަމަށް ބަދަލު ތަކެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ހުޅުމާލޭގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދާނީ މިކަންކަމުން ފިލާވަޅު ލިބިގަނެގެން ކަމަށާއި، ރިވައިސްޑް މާސްޓާ ޕްލޭނާއެކު އެ ފުރުސަތު ފަހިވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން މި ޕްލޭން ހަގީގަތަކަށް ހެދުމަށް ޓަކައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން، އެމަނިކުފާނު ދެއްވި އެވެ.
މީގެ 24 އަހަރު ކުރިން އެކުލަވާލެވުނު ހުޅުމާލޭ މާސްޓާ ޕްލޭނަށް ޒަމާނީ މުހިންމު ބަދަލުތަކެއް ގެނެސް، މިއަދު އިފުތިތާހު ކުރެވިގެން ދިޔައިރު، ހުޅުމާލޭ ރިވައިސްޑް މާސްޓާ ޕްލޭނަކީ އާންމު ދިރިއުޅުން އައު ހަރުފަތަކަށް އުފުލައިލެވި، ވިޔަފާރިއާއި އިގުތިސޯދީ ފުދުންތެރިކަން އިތުރުކޮށްދެވި، ދެމެހެއްޓެނިވި ތަރަގީގެ ވެއްޓެއް ކަށަވަރުކޮށްދެނިވި މާސްޓާ ޕްލޭނެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް