ހައްޖުވެރީން ފުރަން ގޮސް އެއާޕޯޓުގައި-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ފުރަން ހަމަޖެހިފައިވާ ގަޑީގެ، ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސް ކޮށްފި އެވެ.
އެމްއޭސީއެލުން މި ގޮތަށް އިލްތިމާސް ކޮށްފައި މިވަނީ ހައްޖަށް ދާ މީހުންނާއެކު އެއާޕޯޓުގެ މަގުތަކާއި ޓާމިނަލް ސަރަހައްދު ބާރުބޮޑުވާނެތީ އެވެ.
އެހެންކަމުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށާއި އެއާޕޯޓު މުވައްޒަފުންގެ އިރުޝާދު ތަކަށް ތަބާވުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
"މި ބިޒީ ދަނޑިވަޅުގައި އެއާޕޯޓު ވަށައިގެން އަމާން ޓްރެފިކް ފްލޯއެއް ޔަގީން ކުރުމަށް ޓަކައި ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން އެއްބާރުލުން ދިނުމަށް އެދެން،" އެމްއޭސީއެލުން ބުންނެވެ.
ރާއްޖެއިން މި އަހަރު ހައްޖަށް ދާ ހައްޖާޖީން ފުރަން ފަށާނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށެވެ.
މި އަހަރު ވެސް ރާއްޖެއަށް ވަނީ 1000 ހައްޖު ކޯޓާ ލިބިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުން ހައްޖަށް ފޮނުވާ 50 ފަގީރުން ވެސް ހިމެނެ އެވެ.
ރާއްޖެއިން ހައްޖަށް ދާ މީހުން މި އަހަރު ހަތަރު ފުލައިޓެއްގައި ދަތުރު ކުރާނެ އެވެ. އެއީ ސައުދީ އަރަބިއާގެ ދެ ފުލައިޓަކާއި މޯލްޑިވިއަންގެ ދެ ފުލައިޓެއްގަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް