ގިނަ ހިދުމަތްތަކާއެކު ގާއިމުކުރި ތެލަސީމިއާ ސެންޓަރު ރައީސް ހުޅުވައިދެއްވައިފި

ގިނަ ހިދުމަތްތަކާއެކު ގާއިމުކުރި ތެލަސީމިއާ ސެންޓަރު ރައީސް ހުޅުވައިދެއްވައިދެއްވަނީ — ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކޮށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ރަސްމީކޮށް މިއަދު ހަވީރު އެތަން ހުޅުއްވައިދެއްވައިފި އެވެ. މި ހަފުލާ އޮތީ އޮރެންޖް ހިޔާ ބިލްޑިންގުގަ އެވެ.

މި ހަފުލާގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު އިފުތިތާހުކޮށްދެއްވުމަށްފަހު ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވާފަ އެވެ. އަދި އެ މަނިކުފާނު ވަނީ އެ ސެންޓަރުން ހިދުމަތް ދެއްވާ ފަރާތްތަކާއި، ހިދުމަތް ހޯދާ ބައެއް ފަރާތްތަކާ ބައްދަލު ކޮށްލައްވައި އެ ބޭފުޅުންގެ ޝުއޫރުތައް އަޑުއައްސަވާފަ އެވެ.

ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަ ކުރުމަށް ހާއްސަ ސަމާލުކަމެއް މި ސަރުކާރުން އަންނަނީ ދެއްވަމުން ނެވެ.

މި ގޮތުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލު ކުރުމުގެ މަޝްރޫއު މަޑުޖެހިފައި އޮތުމުން އެ މަޝްރޫއަށް ހާއްސަ ސަމާލުކަމެއް ދެއްވައި، އެ މަޝްރޫއު އަވަހަށް ކުރިއަށް ގެންދިއުމަށް ސިފައިންނާއި ހަވާލު ކުރެއްވީ ރައީސް މުއިއްޒު އެވެ.

 ސިފައިންނާ ހަވާލު ކުރުމުން އެބޭފުޅުން ވަނީ ގާތްގަނޑަކަށް 1 މަސް ދުވަސްތެރޭ އެ މަސައްކަތް ފުރިހަމަ ކުރައްވާފަ އެވެ.

މި ސެންޓަރުގެ ހިދުމަތްތައް އޮރެންޖު ހިޔާއަށް ބަދަލު ކުރުމުން ޖާގައިގެ ގޮތުން ތަނަވަސްވެ، ހިދުމަތް ފޯރު ކޮށްދިނުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި ސެންޓަރުގައި ޖެނެރަލް ވޯޑުގެ އިތުރުން އަންހެނުންނަށް ހާއްސަ ވޯޑަކާއި، ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހިމެނެއެވެ. އަދި ލޭ ރައްކާ ކުރުމުގެ ކެޕޭސިޓީ 200 ލޭ ޕައިންޓްގައި ހުރި ހުރުން މިހާރު ވަނީ އިތުރު ދެ ސްޓޯރޭޖާ އެކު ޖުމުލަ 600 ލޭ ޕައިންޓަށް އިތުރުކުރައްވާފަ އެވެ.

އަދި 5 ނަރުހުންނާއި، 6 ލެބް ޓެކްނީޝަނުން އިތުރު ކުރެވި، ދާއިމީކޮށް ހުރުމަށް ފިޒީޝަނެއް ހަމަޖައްސާފައިވެ އެވެ. ހަމައެއާ އެކު، އިދާރީ ބަޔަށް ވެސް މުވައްޒަފުން އިތުރުކޮށް، ސްޓޯރޭޖް ބެލެހެއްޓުމަށް ވެސް މުވައްޒަފުން ކުރިއަށްވުރެ އިތުރުކޮށްފައިވެ އެވެ. އިތުރުކުރެވުނު މި މުވައްޒަފުންނާއެކު، ސެންޓަރުން ހިދުމަތް ދިނުމަށް އިތުރު 16 މުވައްޒަފުން ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން ވެސް ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އޮރެންޖު ހިޔާއަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖެއްސުމަށް، ބަސް ކާޑެއް މިހާރު ވަނީ ތައާރަފުކޮށް، އެ ފަރާތްތަކާ ހަވާލުކޮށްފަ އެވެ. އަދި ބަހުގެ ހިދުމަތް މިހާރު ވަނީ ދޭންފަށާފަ އެވެ.

މި މަހު ކުރިއަށްދިޔަ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑްގައި ރައީސް ވަނީ ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ހިދުމަތުގެ ގަޑި ތަކަށް ބަދަލު ގެންނަވައި، މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ ދަށަށް، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމް.ބީ.އެސް) ވަރަށް އަވަހަށް ބަދަލު ކުރައްވަން ނިންމަވާފައިވާކަން ހާމަ ކުރައްވާފަ އެވެ. އަދި މިހާރު ވަނީ އެކަން އެގޮތަށް ހަމަޖައްސަވާފަ އެވެ.

މި ކަންކަމުގެ އިތުރުން ވެސް، މި އަހަރުގެ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތޯބުގައި، މި ގައުމުން ލިބިދޭ ހުރިހާ ފުރުސަތަކާއި ހައްގު ތަކެއް، ތެލެސީމިއާ ކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން އަމަލާއި ބަހުން އެންމެން ވެސް ސާބިތު ކޮށްދޭން ޖެހޭކަން ފާހަގަ ކުރައްވައި، އެކަން ހަގީގަތަކަށް ހެދުމަށް ގިނަ މަސައްކަތް ތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

22 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy