ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލުން ރަނގަޅު ހައްލުތަކެއް ލިބޭނެ: އުޝާމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް --

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަކީ މި މައްސަލައަށް ހައްލު ގެންނަން ބޭނުންވާ ހުރިހާ ދާއިރާތަކަށް ފޯކަސްކޮށްގެން ހުރިހާ ކަމެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ގާނޫނެއް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބު މިހެން ވިދާޅުވީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

އުޝާމްގެ ވާހަކަފުޅުގައި ވިދާޅުވީ މި ބިލަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މި މައްސަލަ ހައްލު ކުރައްވަން ބޭނުންފުޅުވެލައްވާތީ އެ މަނިކުފާނު އިސްނަންގަވައިގެން މަޖިލީހަށް ހުށަހެޅުއްވި ބިލެއް ކަމުގައެވެ. އަދި މި ބިލަކީ ސަރުކާރަށް އެއްވެސް މަޖުބޫރު ކަމެއް އޮވެގެން މަޖިލީހަށް ހުށަހެޅި ބިލެއް ނޫން ކަމަށް ވެސް ބަންޑާރަ ނައިބު އުޝާމް ފާހަ ގަކުރެއްވި އެވެ.

އެމަނިކުފާނު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، 2010 ވަނަ އަހަރުން ފެށިގެން ވެސް ގޭންގު ކުށްތައް މަނާ ކުރުމާބެހޭ ގާނޫނެއް އޮތް ކަމަށާއި، އެ ގާނޫނުގައި އުނި ކަންތައް ތަކެއް ހުރުމުން ފުލުހުންގެ މުއައްސަސާ އަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރުމުގައި ވެސް ދަތިތަކެއް ދިމާވި ކަމަށެވެ.

ނަމަވެސް، މި ގާނޫނު ތަސްދީގު ކުރުމާއެކު އެ ހުރި ދަތިތަކަށް ހައްލެއް ގެނެވުނީކަން ފާހަގަ ކުރައްވާ، އުޝާމް ވިދާޅުވީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ މައްސަލައަށް ވަރަށް ރަނގަޅު ހައްލުތަކެއް މި ގާނޫނާ އެކު ލިބިގެން ދާނެ ކަމަށެވެ.

މި ގާނޫނަކީ، ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމު ވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށް ޓަކައި ކަމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެ ފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނު ތަންފީޒު ކުރާ އިދާރާ ތަކަށް ލިބިދޭ ބާރުތައް ކަނޑައެޅުމާއި، އެ ފަދަ ކުށްތަކުން ކުޑަކުދިން ދުރު ކުރުމަށް ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެ ފަދަ ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް މޮނިޓާކޮށް ކޮންޓްރޯލު ކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެނޫން ވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

52 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy