މުވައްޒަފުންގެ ޕާފޯމެންސް އެވޯޑު މި އަހަރު ތައާރަފު ކުރާނަން: އާދަމް ޝަރީފް

މިނިސްޓަރު އާދަމް ޝަރީފް -- ފޮޓޯ/ ރައީސް އޮފީސް

މިނިސްޓްރީގެ މުވައްޒަފުންގެ ޕާފޯމެންސް އެވޯޑު ތައާރަފުކޮށް މި އަހަރުން ފެށިގެން އެވޯޑު ދޭން ފަށާނެ ކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އެ މިނިސްޓްރީގެ ސިވިލްސާވިސް މުވައްޒަފުންނަށް، ވަޒީފާގެ މާހައުލުގައި ކަންތައް ކުރަންވީ ގޮތް ދަސްކޮށްދިނުމަށް މިއަދު ހެނދުނު އެ މިނިސްޓްރީގައި ބޭއްވި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މުވައްޒަފުން ކުރާ މަސައްކަތުގެ ފެންވަރު ވަޒަން ކުރެވި މި އަހަރުން ފެށިގެން ޕާފޯމެންސް އެވޯޑް މިނިސްޓްރީގައި ތައާރަފު ކުރައްވާނެ ކަމަށެވެ.

އެ މަނިކުފާނު މިއަދު މިކަން އިއުލާން ކުރެއްވި އިރު މިނިސްޓްރީގެ ޕްލޭނިން ޑިޕާޓްމެންޓާއި، ކޯޕަރޭޓް ޑިޕާޓްމެންޓުން ގުޅިގެން ޕާފޯމެންސް އެވޯޑްގެ އުސޫލު އެކުލަވައިލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން ޖީ.އެސް 3އިން އީ.އެކްސް 1ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "އޮފީސް އެޓިކެޓް"ގެ ނަމުގައި ބޭއްވި އިން ހައުސް ޓްރޭނިން ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ، މިނިސްޓަރު އާދަމް ޝަރީފު އާއި، އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

14 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy