ބީއެމްއެލުން ކ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމުކޮށްފި

ކ. ހުރާގައި ބީއެމްއެލް އޭޓީއެމް ހިދުމަތް ތައާފު ކުރުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. އަތޮޅުގެ ހުރިހާ ރަށެއްގައި ސެލްފް ސާވިސް ބޭންކިން (އޭޓީއެމް) ހުޅުވައި ހިދުމަތްދޭން ފަށްޓައިފި އެވެ.

އަލަށް ހިދުމަތް ފެށުނު ކ. ހުރާ އޭޓީއެމް އާއި އެކު ކ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް މިހާރު ލިބިގެންދާނެ އެވެ. ހުރާއަކީ މާލެ އަތޮޅުގެ ރަށްތަކުގެ ތެރެއިން ބީއެމްއެލް އޭޓީއެމްގެ ހިދުމަތް މިހާތަނަށް ނުފެށި އޮތް ހަމައެކަނި ރަށެވެ.

ހުރާގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި އެ ރަށުގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ  ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފުޅާ ކުރުމަށް ފަށާފައިވާ މަޝްރޫއުގެ ތެރެއިން ދ. އަތޮޅާއި، ހއ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅަށް ފަހު ކ. އަތޮޅު މިއީ ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފުރިހަމަ ކުރެވުން 5 ވަނަ އަތޮޅެވެ.

މިއަހަރުގެ ނިޔަލަށް ބީއެމްއެލުން ބަހައްޓާ 103 އޭޓީއެމްގެ އިތުރަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ވެސް 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ.  އެގޮތުން ޑިސެމްބަރުގެ ނިޔަލަށް މިމަޝްރޫއުގެ ދަށުން ޖުމުލަ 122 އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

51 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy