--
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 އިން ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ދެއްވައިފި އެވެ.
އިނާމު ދިނުމުގެ މި ރަސްމިއްޔާތު އޮތީ މިރޭ ސޯޝަލް ސެންޓަރުގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ދާއިރާތަކުން 1 ވަނަ ހާސިލު ކުރި ފަރާތްތަކަށާއި، މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދި 5 ފަރާތަށް ރަން ވަނަ ހަވާލުކޮށްދެއްވާފަ އެވެ.
ރަން ވަނަ (މުޅި މައުރަޒުން އެންމެ މަތިން މާކްސް ލިބުނު 5 އުފެއްދުން) ހާސިލުލް ކުރި ފަރާތްތަކަކީ:
1. ލުޖައިން އަލީ ވަހީދު، ހ. ހުޅުދުއްފާރު އާގެ، މާލެ
2. އަބުޑީ މޯލްޑިވްސް
3. މޯލްޑިވްސް ޕޮލިޓެކްނިކް
4. މުޙައްމަދު މޫސާ، ގަރާޑީގެ، ރ. އިނގުރައިދޫ
5. އަލީ މާހިރު
އެކި ދާއިރާތަކުން 1 ވަނަ ހާސިލު ކުރި ބައިވެރިންގެ ތެރޭގައި ހިމެނެނީ:
1. އަމިއްލަ ފަރުދުންގެ ބައިން 1 ވަނަ، ލުޖައިން އަލީ ވަހީދު، ހ. ހުޅުދުއްފާރު އާގެ، މާލެ
2. ރަށު ފެންވަރުގައި ތަކެތި ބައިވެރި ކުރުމުގެ ދާއިރާއިން 1 ވަނަ، ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާ
3. ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
4. ވިޔަފާރިތަކުގެ ދާއިރާއިން 1 ވަނަ، ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް
5. ތައުލީމު ދޭ މަޒުކަޒު ތަކުގެ ދާއިރާއިން 1 ވަނަ، މޯލްޑިވްސް ޕޮލިޓެކްނިކް
6. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން 1 ވަނަ، ފާތުމަތު ޝަފަގު، ރެޑިއަމުގެ، ތ. ވިލުފުށި
7. ޖަމްއިއްޔާ ޖަމާއަތް ތަކުގެ ދާއިރާއިން 1 ވަނަ، ވިމެން އޮންޓަޕްރަނިއާސް އެސޯސިއޭޝަން މޯލްޑިވްސް
8. މުޅި މައުރަޒުން 1 ވަނަ ސިޓީ/ރަށް، އައްޑޫ ސިޓީ ހިތަދޫ
9. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
މިރޭގެ ރަސްމިއްޔާތުގައި ޖުމުލަކޮށް 275 ވަނައެއް ހޮވާ އިނާމު ހަވާލު ކޮށްފައިވެ އެވެ. ދިވެހީންގެ އުފެއްދުންތެރި ކަމުގެ މައުރަޒުގައި ޖުމުލަ 383 ފަރާތަކުން ބައިވެރިވެފައިވެ އެވެ. އެއީ 14 ކެޓެގަރީ އަކުންނާއި 82 ސަބް ގިންތި އަކުންނެވެ. މި ގޮތުން އެންމެ ގިނައިން ބައިވެރިވެފައި ވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.
މި މައުރަޒުގައި ހދ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައި ވެއެވެ. މައުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައި ވަނީ މާލެއާއި ބ. ތުޅާދޫން ނެވެ. މައުރަޒުގައި 3600 އަށް ވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެ އެވެ.
ދިވެހީންގެ އުފެއްދުންތެރި ކަމުގެ މައުރަޒު"ގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ރައީސް ނިންމަވާފައި ވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 19 މޭ 2024ގައެވެ.
މިއީ ދރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގުސަދުގައި، ވިޔަފާރި އާއި އުފެއްދުންތެރި ކަމަށް އަމާޒުކޮށް ބާއްވާ މައުރަޒެކެވެ. މި މައުރަޒު ކުރިއަށް ދާނީ މިއަދުން ފެށިގެން 31 މޭގެ ނިޔަލަށެވެ.
މި މައުރަޒު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރޭ 8:30ގަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް