--
މާލޭ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، ދޫކޮށްލިތާ ގިނަ އިރުތަކެއް ނުވަނީސް އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.
ރައުދު، ބަންދުން ދޫކޮށްލީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
އޭނާ ދޫކޮށްލިއިރު، އެންމެ ފަހުން ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަހުގެ ބަންދުގެ މުއްދަތު ވެސް އަދި ހަމަ ނުވެ އެވެ. ނަމަވެސް ނަމަވެސް ރައުދު ބަންދުން ދޫކޮށްލަން ނިންމި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސްޖުގައި ބުނީ މި އަހަރުގެ އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލް، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު ތަކެއް ހުރުމުން، މިއަދު ބަންދުން ދޫކޮށްލުމަށްފަހު، އައު ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅުވައިގެން ރައުދު ހައްޔަރު ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.
ޔުމްނު ވެއްޓުނު ރޭ، އޭނާއާ އެކު އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ހާމަ ކޮށްފައިވާއިރު އެ މައްސަލައިގައި މިއަދާ ހަމައަށް ހައްޔަރުކޮށްފައި ވަނީ އޭނާ ވެއްޓުނުއިރު، އެ ގޭގައި އޭނާއާ އެކު އުޅުނު ރައުދު އެކަންޏެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް