ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް -- ފޮޓޯ/ އަވަސް
މަގާމާ ހަވާލުވުމަށްފަހު ހައްޖު ކޯޕަރޭޝަންގެ "ކެޕޭސިޓީ" އާ މެދު އެއްވެސް ސުވާލެއް އުފެއްދުމުގެ ޖާގަ ދެއްވާފައި ނުވާނެ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަކީލް މިހެން ވިދާވީ ހައްޖު ކޯޕަރޭޝަންގެ ގާބިލް ކަމާމެދު ސޯޝަލް މީޑިއާގައި މަދު ބަޔަކު ސުވާލު އުފައްދަމުން އަންނާތީ އެ ވާހަކަ ތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ޝަކީލް ވިދާޅުވީ މީގެ ކުރީން ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ހައްޖު ކޯޕަރޭޝަން ފަދަ މުހިއްމު ކުންފުންޏެއް، ކުރިއެރުވުމަށް ޓަކައި ދޭންޖެހޭ އަހައްމިއްޔަތުކަން ދީފައި ނުވާ ކަމަށެވެ. އަދި އެވަރުގެ ބޮޑު އިހުމާލެއްވެފައި އޮތުމުގެ ސަބަބުން އެ ކޯޕަރޭޝަނަކީ ވުޖޫދުގައި އޮތް ކުންފުންޏެއްކަން ވެސް ނޭނގޭ އެތައް ރައްޔިތުންނެއް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދިވެސް އަޅުގަނޑުމެންނާ މީހުން އެބަ ސުވާލު ކުރޭ ހައްޖު ކޯޕަރޭޝަނުން މީހުން އުމްރާއަށް އެބަ ގެންދޭތޯ ވެސް، މިހާވަރަށް ހައްޖު ކޯޕަރޭޝަނަށް އިހުމާލުވެފައި އޮތްތަން އަޅުގަނޑުމެންނަށް ފެނުނު،" ޝަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހައްޖު ކޯޕަރޭޝަނާ ހަވާލުވި ހިސާބުން ފަށައިގެން އެ ތަނުގެ "ކޭޕޭސިޓީ" އާ ދޭތެރޭ ސުވާލު އުފެއްދުމުގެ ޖާގަ ދެއްވާފައި ނުވާނެ ކަމަށާއި އެ ގޮތުން ތަރީހުގައި ވެސް ހިދުމަތް ނުހޯދާ އަދަދަށް އެކި ފަރާތްތަކުން މިހާރު އުމްރާގެ އަޅުކަމަށް ވެސް އެ ކުންފުނި މެދުވެރިކޮށް ހިދުމަތް ހޯދަމުން އަންނަ ކަމަށެވެ.
އެހެންކަމުން މިއީ ވެސް ހައްޖު ކޯޕަރޭޝަންގެ "ކެޕޭސިޓީ" އާއި ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ރައްޔިތުން ބަލައިގެންފި ކަމުގެ ހެއްކެއް ކަމަށް ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ކުންފުނީގެ ހިދުމަތް ތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށާއި އަދި އިތުރު ހެޔޮ ބަދަލުތައް ވެސް ކުރިއަށް އޮތް ތަނުގައި ގެންނާނެ ކަމަށެވެ.
ހައްޖާޖީންގެ ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި އެ ކޯޕަރޭޝަންގެ ޝޭހުންނާއި ޑޮކްޓަރުންނާއި މުވައްޒަފުން ދޭ އިރުޝާދު ތަކަށް އަމަލު ކުރަމުން ގެންދިއުމަށް ވެސް ޝަކީލް ވަނީ ހައްޖުވެރީންނަށް އިލްތިމާސް ކުރައްވާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް