ގައިދީންނަށް ގުރުއާން އުގަންނައިދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

--

ޖަލު ތަކުގައި ތިބި ގައިދީންނަށް ކީރިތި ގުރުއާން އުގަންނައިދިނުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

ކަރެކްޝަނާއި ގުރުއާނާބެހޭ މަރުކަޒު އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ސަލްމާން ރަސްގެފާނު މިސްކިތުގައި އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި އެމްސީއެސްގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު އެވެ. އަދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު އަބްދުﷲ ސައުދާން އެވެ.

ކަރެކްޝަނުން ބުނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއި ކުރެވުނު މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސިޔާސަތްތަކާ އެއްގޮތަށް، އެ މުއައްސަސާގެ ބެލުމުގެ ދަށުގައިވާ ފަރާތް ތަކަށް ތަޖުވީދުމަގުން ރީތިކޮށް ގުރުއާން ކިޔަވަން ދަސްކޮށްދިނުމަށް މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމާ ގުޅޭ އެންމެހާ ކަންތައް ތަކަށް މަގުފަހިކޮށްދިނުން ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ކަނޑައެޅިފައިވާ އުޖޫރަ އަކަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ޖަލު ތަކުގައި ތިބި ފަރާތް ތަކަށް ގުރުއާން އަދި ހިފްޒް ކްލާސްތައް ނަގައިދިނުމަށް މުދައްރިސުން ހަމަޖައްސާނެ ކަމަށް ކަރެކްޝަނުން ބުންޏެވެ.

އޭގެ އިތުރުން ކުޑަކުދީން ބަންދުކުރާ މަރުކަޒުގައި ތިބި ކުޑަކުދީންނަށްގެ ތައުލީމީ ފެންވަރަށް ރިއާއަތްކޮށް، ކުލާސްތައް ނަގައިދޭނެ މުގައްރަރު ކަނޑައެޅުމާއި ދަރިވަރުންގެ ކުރިއެރުމާއި އިމްތިހާނު ކުރުމާއި ވަޒަން ކުރާނެ އުސޫލުތައް ހެދުމާ އެކު އެ އުސޫލުތަކާ އެއްގޮތަށް ކުލާސްތައް ހިންގާނެ ކަމަށް ވެސް ކަރެކްޝަނުން ބުނެފައިވެ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

4 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

59 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy