އަމާޒަކީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހަގީގީ ހައްލު ހޯދަދިނުން: ރައީސް

--

އަމާޒަކީ ގައުމުގައި ހުރި ބޮޑެތި މައްސަލަ ތަކަށް ހަގީގީ ހައްލުތަކެއް ހޯދައިދިނުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މި ފަދައިން ވިދާޅުވީ، ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަދު ތަސްދީގު ކުރެއްވި އިސްލާހުގެ ދަށުން، 1 ޖެނުއަރީ 2007 އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށް ވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން ވެސް މަނާވާނެ އެވެ.

ރައީސްގެ ވާހަކަފުޅުގައި، އެ މަނިކުފާނު އަމާޒަކީ ގައުމުގައި ހުރި ބޮޑެތި މައްސަލަ ތަކަށް ހަގީގީ ހައްލު ތަކެއް ހޯދައިދިނުން ކަމަށާއި މި ފަދަ ނޭދެވޭ ކަންކަމުން ދުރުވެގަތުމަކީ، ގައުމުގެ މުސްތަގުބަލަށް ކުރެވޭ މުހިންމު ބޮޑު ކަމެއް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. އަދި، މި ފަދަ މަސައްކަތް ތަކަކީ އެންމެން ބަލައިގަންނަ، އެންމެންނަށް ޓަކައި ކުރެވޭ ކަމެއްގެ ގޮތުގައި ދެށުމަށް ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ، މި ފަދަ ހައްސާސް މައްސަލަ ތަކަށް ހައްލު ހޯދުމަށް މި ސަރުކާރުގެ ޕޮލިޓިކަލް ވިލް އޮތް ކަމަށާއި، މި އިސްލާހު ތަންފީޒު ކުރުމުގައި މުޅި މުޖުތަމައު ބައިވެރިވާ ނަމަ، ގައުމުގެ މުސްތަގުބަލު ސަލާމަތް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ގައުމުގެ ކުރިމަގާއި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް، ތަރައްގީގެ އަމާޒު ކަށަވަރު ކުރުމުގައި މި ބިލަކީ އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމުގައި ވެގެންދާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޖެނެރޭޝަނަލް ބޭނެއްގެ އިތުރުން، ދުންފަތުން ދުރުވުމަށް ކުރެވޭ މަސައްކަތް ތަކަށް ވެސް އަލިއަޅުއްވާލައްވާފައިވެ އެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ޓޮބޭކޯ ސިޒޭޝަންގެ ހިދުމަތްތައް ފެށި، އާންމުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމް ތަކެއް ހިނގޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި، ގާނޫނު ތަންފީޒު ކުރުމުގައި އަމާޒަކީ ޖޫރިމަނާ ކޮށްގެން ދައުލަތަށް ފައިސާ ހޯދުން ނޫން ކަމަށާއި، އަމާޒަކީ ދުންފަތުގެ ނުރައްކަލުން ދިވެހި ގައުމު މުޅީން ސަލާމަތްކޮށް، މަސްތުވާތަކެއްޗާ އެނޫންވެސް ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމައެއް ބިނާ ކުރުންކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު، މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފަ އެވެ.

މި ބިލު ގާނޫނަކަށްވެ، އަމަލު ކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

54 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy