--
ކަނޑުގެ ނަސްލުތައް ދެމެހެއްޓުމާއި މޫސުމީ ބަދަލު ތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަސީލަތްތައް އިސްލާހު ކުރުމަށް ވަކާލާތު ކުރުމުގައި ރާއްޖެއިން އަބަދު ވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް، ހުސައިން މުޙައްމަދު ލަތީފު ދެއްވައިފި އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ޕެސިފިކް ފޯރަމުން ކުރިއަށް ގެންދިޔަ ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމް (އެޗް.އައި.އެފް) ގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އިންޑޯ-ޕެސިފިކް ސަރަހައްދުގައި، ޕެސިފިކް ފޯރަމުން ކޮށްފައިވާ މަސައްކަތް ތަކަށް ވަނީ ތައުރީފްކުރައްވާފަ އެވެ. އަދި، މޫސުމީ ބަދަލު ތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި، ތަރައްގީ ވަމުން އަންނަ ޖަޒީރާ ގައުމު ތަކަށް ކުރިމަތިވަމުން ދާ ގޮންޖެހުން ތަކުގެ މައްޗަށް ވެސް އެ މަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ދިރުމަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން، ގައު ހުދުވުން، ކަނޑުގެ ލޮނުގަނޑު އުފުލުން، އަދި ކަނޑުގެ އޮޔަށް ބަދަލު އައުން ފަދަ ކަން ކަމުގެ ސަބަބުން ރާއްޖެއަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
އެ ގޮތުން، ނޫއިގުތިސާދެއް ކުރިއަރުވައި، މަސްވެރިކަމާއި، ކަނޑުގެ ދިރުން ތަކުގެ ނަސްލު ހިމާޔަތް ކުރުމާއި، ކަނޑުގެ ސަރަހައްދުތައް މެނޭޖު ކުރުމަކީ ރާއްޖެއިން އަބަދު ވެސް އެ ކަމަކަށް ވަކާލާތު ކުރަމުންދާނޭ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް، މިފަދަ މަޝްރޫއު ތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ބައިނަލްއަގުވާމީ މާލީ އެހީތެރިކަން ބޭނުންވާ މަޝްރޫއު ތަކެއް ކަމުގައި އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އެގޮތުން، ނައިބު ރައީސް ވަނީ، ޖީ.ޑީ.ޕީ. އަށް ބަރޯސާވެގެން އެކަށަ އަޅައި މާލީ އެހީތެރިކަމުގެ ވަސީލަތްތައް މުރާޖައާ ކުރުމަށް ގޮވާލައްވާފަ އެވެ. އަދި، ތަރައްގީވަމުން އަންނަ، ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކު ހާލަތު ވަޒަންކޮށް، އެ ހާލަތް ތަކުގެ މައްޗަށް އެކުލަވާލެވޭ އޮނިގަނޑަކަށް މާލީ ވަސީލަތްތައް ބަދަލު ކުރުމަށް ނައިބު ރައީސް ގޮވާލެއްވި އެވެ.
އޭގެ އިތުރުން ކޮންސެޝެނަލް އިންސްޓްރޫމަންޓާއި ދަރަނި ލުއިކޮށްދޭ ވަސީލަތް ތަކަށް އަމާޒު ބަދަލު ކުރުމަށް ވެސް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ނޫއިގުތިސާދާއި ކްލައިމެޓް ފައިނޭންސިންގެ މައްޗަށް ބައްލަވާލައްވައި، ގައުމުތަކުގެ ކުރިމަގާއި، ގައުމިއްޔަތު ދެމެހެއްޓުމާއި، ވިލުންވެރި ކުރިމަގެއް ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުންނެވެ.
ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމަކީ މަހަކު އެއް ފަހަރު ބާއްވާ ފޯރަމެކެވެ.
އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސިޔާސީ، އިހުތިސާދީ އަދި ސަލާމަތީ މައްސަލަތަކަށް ހައްލު ހޯދުމަށް ބާއްވާ މި ފޯރަމްގައި ދާއިރާ ތަކުގެ ތަޖުރިބާކާރުންނާއި ސިޔާސަތު އެކުލަވާލާ ފަރާތްތައް ބައިވެރިވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް