2007ގެ ފަހުގެ ޖީލަށް ދުންފަތް މަނާ ކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ދުންފަތް މަނާ ކުރާ ބިލު ތަސްދީގު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅައި، ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ބިލު ރައީސް ތަސްދީގު ކުރެއްވީ ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ރާއްޖޭގެ ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު އަންނާނެ ބައެއް ބަދަލު ތަކުގެ ތެރޭގައި ހިމެނެނީ:

1. މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށް ވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން ވެސް މަނާވާނެ އެވެ. ނަތީޖާއަކަށް ވާނީ މި ޖީލު ހެދި ބޮޑުވެ ހަރު މީހުންނަށް ވާއިރު، މުޅި މުޖުތަމައަކީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ، އަދި ދުންފަތާ ދުރު މުޖުތަމައަކަށް ވުމެވެ.

2. ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުން ކުރާ ހުރިހާ މެޝިނަރީ އާއި އާލާތް ތަކާއި، އެ ފަދަ ތަކެއްޗާ އެކު ބޭނުން ކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެ ކުރުމާ ގެންގުޅުން މަނާ ވާނެ އެވެ.

3. ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރު ކުރުން، ސްޕޮންސާ ކުރުން، ޕްރޮމޯޓް ކުރުން ފަދަ އެއްވެސް ކަމެއް ކުރުން މުޅީން މަނާ ވާނެ އެވެ.

4. މި ގާނޫނާ ހިލާފަށް، ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާ ތަކަށް ލިބިދިނުމާ އެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެ ފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާ އެކު ނައްތާލެވޭނެ ނިޒާމެއް ކަނޑައެޅިފައިވެ އެވެ.

މީގެ އިތުރުން ވެސް ދުންފަތުގެ ނުރައްކަލުން ދިވެހި ގައުމު މުޅީން ސަލާމަތް ކުރުމަށާއި، މަސްތުވާތަކެއްޗާ އެނޫން ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމައެއް ބިނާ ކުރުމަށް މުހިންމު ކަންކަން މި އިސްލާހުގެ ތެރެއިން ކަނޑައަޅުއްވާފައިވެ އެވެ.

ރައީސް އޮފީހުގައި ބިލު ތަސްދީގު ކުރެއްވުމަށް ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ކަމާގުޅުން ހުރި ތަންފީޒީ އިދާރާ ތަކުގެ އިސް ބޭފުޅުންގެ އިތުރުން 1 ޖަނަވަރީ 2007 ގެ ފަހުން އުފަންވި ބައެއް ސުކޫލު ކުދިން ވެސް ބައިވެރިވި އެވެ.

އަދި ރައީސް ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު އަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ނޫސްވެރީން ކުރި ސުވާލު ތަކަށް ޖަވާބުދެއްވައި، މި އިސްލާހާ ގުޅިގެން އަންނާނެ ބަދަލު ތަކާއި ރައްޔިތުންނަށް ލިބޭނެ ފައިދާތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.

މި ބިލަކީ، 13 މޭ 2025 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާގައި ފާސް ކުރެއްވި ބިލެކެވެ.

ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު، މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފަ އެވެ.

މި ބިލު ގާނޫނަކަށްވެ، އަމަލު ކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

25 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy