--
މ. ވޭވަށުގައި އައު ޑްރައިވިން ލައިސަންސް ޓްރެކެއް ހުޅުވައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގޭނެ ގޮތް ސަރުކާރުން ހަދައިފި އެވެ.
ވޭވަށުގައި މި ކަމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރެކް ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރު އަލީ ނިޝާނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ މި ޓްރެކް ހުޅުވުމަކީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދަތުރުފަތުރުގެ ހިދުމަތްތައް ފުޅާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ.
އޭނާ ވިދާޅުވީ މި ޓްރެކް ހުޅުވުމުން ވޭވަށުގެ ރައްޔިތުންނަށާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެ ކަމަށެވެ. އަދި މީގެ ކުރިން ލައިސަންސް ހެދުމަށް މާލެ ދާން ޖެހުމަކީ އެ ކަމަށް ވަރަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމެއްކަން ފާހަގަ ކުރައްވަމުން ނިޝާން ވިދާޅުވީ މިހާރު އެ ހިދުމަތް މި ސަރަހައްދުން ލިބޭނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި އަލަން ހެދި މި ޓްރެކްގައި ޑްރައިވިން ޓެސްޓް ދިނުމުގެ އިތުރުން، ލައިސަންސް ކާޑު ހެދުމާއި އައު ކުރުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ އުސޫލުން ހިދުމަތްތައް ފޯރު ކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ކުރިއަށް އޮތް އަހަރު ތެރޭގައި އިތުރު ރަށްރަށުގައި ވެސް މި ފަދަ ޓްރެކްތައް ހުޅުވުމަށް ވަނީ ރޭވިފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް