މުއްޔާއި ނާލާފުށި، ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ރައީސް، ފައްޓަވައިދެއްވުން --
މ. މުއްޔާއި އެ ރަށް ކައިރީގައި އޮންނަ ނާލާފުށި ކޯޒްވޭ މަޝްރޫއުގެ އަމަލީ މަސައްކަތް، ރައީސް ޑރ. މުޙައްމަދު މުއިއްޒު، ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.
އެ މަނިކުފާނު މި މަޝްރޫއު ފައްޓަވައިދެއްވީ މިއަދު މުލީގައި އެކަމަށް ޓަކައި ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގަ އެވެ.
މުއްޔާއި ނާލާފުށި ކޯޒްވޭ ތަރައްގީ ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫ އެކެވެ.
މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައި ވަނީ 600 ދުވަސް ތެރޭގަ އެވެ. މުލި، ނާލާފުށި ކޯޒްވޭ އަކީ 565 މީޓަރުގެ ކޯޒްވޭ އެކެވެ. މި މަޝްރޫއު ނިމެގެންދާއިރު މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުމުގެ އިތުރުން 112 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުން ވެސް ހިމެނެ އެވެ.
މުލި އަދި ނާލާފުށި ގުޅާލުމުން މަރުކަޒީކޮށް ހިދުމަތްތައްދީ، ވަސީލަތްތައް ހިއްސާ ކުރުމަށް ފަސޭހަ ވެގެންދާނެ އެވެ.
އަދި މީގެ ސަބަބުން ދެރަށް އެއްކޮށް އިގުތިސޯދީ ގޮތުން ކުރިއެރުވުމަށް ވެސް ފަސޭހަ ވެގެންދާނެ އެވެ.
މީގެ އިތުރުން ދެ ރަށުގެ އިޖުތިމާއީ ގުޅުން ބަދަހިވެ، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ވެސް ފަސޭހަ ވެގެންދާނެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް