ރައީސް މ. ނާލާފުށީ ކައުންސިލާ ބައްދަލުކޮށްލެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ރައީސް މުއިއްޒު، މުލީ އެއާޕޯޓު ހުޅުވުމަށް އެރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މ. ނާލާފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ، އަދި ރަށުގެ އިސްވެރީންނާ ބައްދަލު ކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ވަނީ ރަށަށް އެންމެ ބޭނުންވާ ކަންކަމާއި، ރަށުގެ ތަރައްގީއަށް އެންމެ އެދޭ ކަންކަން ރައީސް އާ ހިއްސާ ކުރައްވާފަ އެވެ.
މިގޮތުން އެ ބޭފުޅުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާ މަޝްރޫއު ފުރިހަމަ ނުވާތީ އެ ކަމުގައި ހުރި ކަންބޮޑުވުން ތަކާއި، ކަރަންޓުގެ މައްސަލަ ހުރުމުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރެއްވި އެވެ.
މުލީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅު ތަކަކީ ވަރަށް އުއްމީދީ ވާހަކަތަކެއް ކަމަށާއި އަދި ކޯޒްވޭ ތަރައްގީ ކުރުމުން ނާލާފުއްޓަށް އެތައް ފައިދާ ތަކެއް ވާނެ ކަމަށް ކައުންސިލް ބުންޏެވެ.
މީގެ އިތުރުން އޭޓީއެމް އަދި ޕޮލިސް ސްޓޭޝަން މަޝްރޫއާ އެކު ޖުމުލަކޮށް މިހާރު ކުރިއަށްދާ މަޝްރޫއުތައް އަވަހަށް ނިމުމަށް އެދޭ ކަމަށް އެ ބޭފުޅުން ފާހަގަ ކުރެއްވި އެވެ. ހަމައެއާ އެކު ރައީސް، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ދެއްވާ ކަމަށް ޓަކައި ކައުންސިލުން އެ މަނިކުފާނަށް ޝުކުރު އަދާ ކުރެއްވި އެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހާގަ ކުރެއްވި ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް