މުލީ އެއާޕޯޓު ތަރައްގީވުމަކީ 30 އަހަރުގެ ދިގު އިންތިޒާރުގެ ނިމުން: މުލީ ކައުންސިލް

ރައީސް މުއިއްޒު މުލީ ކައުންސިލާ ބައްދަލުކޮށްލެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، މ. މުލީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، އަދި ރަށުގެ އިސްވެރީންނާ ބައްދަލު ކޮށްލައްވައިފި އެވެ. މި ބައްދަވުން ކުރިއަށް ގެންދިޔައީ މިއަދު މެންދުރުފަހު، މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގަ އެވެ.

މި ބައްދަލުވުމުގައި މުލީ ކައުންސިލުން ބުނީ އެ ރަށުގެ އެއާޕޯޓު ތަރައްގީ ވެގެން ދިއުމަކީ ރަށުގެ ރައްޔިތުންގެ 30 އަހަރު ދުވަހުގެ ދިގު އިންތިޒާރުގެ ނިމުން ކަމަށެވެ. އަދި މުލީ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހައްދަވައި ދެއްވި ކަމަށް ޓަކައި މުލީ ކައުންސިލްގެ ފަރާތުން ރައީސަށް ޝުކުރު އަދާ ކުރެއްވި އެވެ.

މި ބައްދަލުވުމުގައި މުލީ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ފާހަގަ ކުރައްވާފަ އެވެ. މި ގޮތުން ސުކޫލުގެ ކުލާސް ރޫމްތައް އޭސީ ކޮށްދެއްވުމަށާއި، ރަށުން ރިހެބިލިޓޭޝަން ހިދުމަތް ލިބޭނެ މަގު ތަނަވަސް ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ.

އޭގެ އިތުރުން ރަށުގައި އިންސާނީ ވަސީލަތް ގާއިމު ކުރުމަށް އެކި ދާއިރާ ތަކުން މީހުން ބިނާ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ހަމައެއާ އެކު، ރަށުގެ ރައްޔިތުން ޕިކްނިކް ދާނެ ވަކި ރަށެއް ތަރައްގީ ކޮށްދެއްވުމަށާއި، ފަތުރުވެރި ކަމުގެ ދާއިރާއާއި ސިއްހީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ކަންކަން ކައުންސިލުން ހިއްސާ ކުރެއްވި އެވެ.

ކައުންސިލުން ފާހަގަ ކުރެއްވި ކަންކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުވެފައިވާ ކަންކަން ފުއްދަވައިދެއްވާނެ ކަމަށެވެ. އަދި ކައުންސިލުން ފާހާގަ ކުރެއްވި ކަންކަން ބައްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

22 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy