ފޮޓޯ ރައީސް އޮފީސް
މޫސުމީ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމުގައި އެންމެ ކުރީ ސަފުގައި ތިބެގެން ހަރަކާތްތެރި ވާން ޖެހޭ ފަރާތްތަކުން، އީޖާދީ ހައްލުތައް ހޯދުމަށް، މިހާރުގެ ހާލަތަށް ވުރެ، ފުޅާކޮށް އަދި ހާލަތުން ބޭރުން ވިސްނުމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ގޮވާލައްވައިފި އެވެ.
ނައިބު ރައީސް މި ކަމަށް ގޮވައިލެއްވީ ހަވާއީގެ ހޮނޮލޫލޫގައި ބޭއްވި "ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި، ހާއްސަ މެހުމާނެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވަނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމު ތަކުގެ ހާއްސަ ނާޒުކުކަން ފާހަގަ ކުރައްވާފަ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމީ ނުތަނަވަސް ކަމަކީ، ދިރިއުޅުމުގެ ހަގީގީތަކަށް މިހާރު ވެފައިވާއިރު، ދިމާވާ ގޮންޖެހުންތަކާއެކު ވެސް، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާމަސައްކަތުގައި ރާއްޖެއިން އެންމެ ކުރީ ސަފުގައި ދެމިތިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ "ތާޑް ނެޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން" (އެން.ޑީ.ސީ) އާއެކު ފަހުން އިއުލާނުކުރި، "2024-2033 އެނާޖީ ރޯޑްމެޕް" ގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ.
މި ޕްލޭންގައި 2028 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފެއްދުމަށް އަމާޒެއް ކަނޑައަޅާފައިވާއިރު، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަމާޒަކީ ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ގައުމީ އެޖެންޑާގެ މައިގަނޑު އަސާސެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކުދި ޖަޒީރާ ގައުމު ތަކުން ކުރިމަތިލާން ޖެހިފައިވާ ހުރަސް ތަކަކީ އީޖާދީ ހިޔާލު ތަކުގެ މަގެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ޖަޒީރާ ގައުމު ތަކަށް މައުލޫމާތު ހިއްސާކޮށް، އީޖާދީ ހައްލުތައް އުފެއްދުމަށާއި ދުނިޔޭގެ މޫސުމީ ނޭދެވޭ ބަދަލު ތަކާ ގުޅޭ ހަރަކާތްތައް ވިލަރެސް ކުރުމަށް މުހިންމު މަންސައެއް ކަމަށް ވިދާޅުވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް