ކަސްޓަމްސް އަށް 164 އެސިސްޓެންޓު އޮފިސަރުން ހޯދަނީ

ކަސްޓަމްސް އާ އަލަށް ގުޅުނު މުވައްޒަފުން ހުވާ ކުރަނީ -- ފޮޓޯ/ ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް 164 އެސިސްޓެންޓު އޮފިސަރުން ހޯދަން އިއުލާނު ކޮށްފި އެވެ.

ކަސްޓަމްސް އިން ކުރި އިއުލާނުގައި ބުނެފައި ވަނީ މި މަގާމަށް ހޮވޭ ފަރާތްތަކުން ވަޒީފާ އަދާ ކުރާން ޖެހޭނީ މާލެ ސަރަހައްދުގައި ގާއިމު ކޮށްފައިވާ ކަސްޓަމްސްގެ އޮފީސް ތަކުގައި ކަމަށެވެ.

މި މަގާމުގެ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ ޖީސީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމާ އެކު، ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މާއްދާއިން ދަށްވެގެން، ސީ ފާސް ލިބިފައި ވުމެވެ.

މި މަގާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 5،000 ރުފިޔާ ލިބޭނެ އެވެ.

އިތުރު އިނާޔަތް ތަކުގެ ގޮތުގައި ލިބޭނީ ނޮން-ޕްރެކްޓިސިން އެލަވަންސުގެ ގޮތުގައި 1,750ރ. އާއި ސާވިސް އެލަވަންސުގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200ރ. އާއި ހާޒިރުވާ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާ އަށް 60ރ. އެވެ.

އަދި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މިނިމަމް ވޭޖު އެލަވަންސުގެ އިތުރުން ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އިތުރު ގަޑީގެ ފައިސާ އާއި ބަންދު ފައިސާއާ އެހެނިހެން އިނާޔަތްތައް ލިބޭނެ އެވެ.

މި މަގާމު ތަކަށް ކުރިމަތި ލެވޭނީ މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ.

ވަޒީފާއަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 31 ވާ ހޮނިހިރު ދުވަހުގެ 14:00 އާ ހަމައަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

58 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy