ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޕީއެލްއާ ހަވާލުކޮށްފި

--

ހދ. ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ރިޝްވާނެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނަނީ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ ބަނދަރަކީ ރާއްޖޭގެ ސަރަހައްދީ ބަނދަރުތައް ތަރައްގީކޮށް، ދަތުރުފަތުރުގެ ވިއުގަ އަކުން ރަށްތައް ގުޅާލައި، އަތޮޅު ތެރޭގެ ވިޔަފާރި ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހާއްސަ އިސްކަމެއް ދެއްވައިގެން ތަރައްގީ ކުރުމަށް ރާވާފައިވާ ބަނދަރު ތަކުގެ ތެރޭގައި ހިމެނޭ ބަނދަރެއް ކަމަށެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މި މަޝްރޫއުގެ އަމާޒަކީ ހއ. ހދ. ށ، ނ. އަދި ވަށައިގެންވާ ރަށްރަށަށް ހިދުމަތް ލިބޭނެހެން ކުޅުދުއްފުށީގައި އުތުރުގެ ރަށްރަށަށް ހާއްސަކޮށް، ލޮޖިސްޓިކަލް ހަބެއް ތަރައްގީ ކުރުމެވެ.

އަދި އެކި ފިޔަވަހި ތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން، ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިން ސިސްޓަމްތައް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށާއި ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތް ތަކުގެ އިތުރުން ތަރުކާރީ އާއި މޭވާ ފަދަ އަވަހަށް ހަލާކުވާ ބާވަތްތައް ތާޒާކަންމަތީ ރައްކަތެރިކަމާ އެކު ބެހެއްޓޭނެ ވަސީލަތްތައް ގާއިމު ކުރުމަށް ރޭވިފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ކުޅުދުއްފުށި ބަނދަރު އެކްސްޓެންޑު ކުރުމުގެ މަޝްރޫއު ފަށައިގަތުމަށް ސޮއި ކުރެވުނު މި އެއްބަސްވުމަކީ ރާއްޖޭގެ އުތުރުން ފަށައިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން އަތޮޅު ތެރެއަށް މުދާ އުފުލޭނެ ނިޒާމެއް ގާއިމު ކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުގެ އަމާޒަކީ އަތޮޅު ތެރޭގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރާން ޖެހޭ ހަރަދު ކުޑަކޮށް، ހެޔޮ އަގެއްގައި އަތޮޅު ތަކަށް މުދާ އެތެރެ ކުރެވި، ރާއްޖޭގެ އިގުތިސާދު ކުރިއަރައިގެން ދިޔުމަށް ފަހި ފުރުސަތު ތަކެއް ހޯދައިދިނުން ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ލާމަރުކަޒުކޮށް، ދިގު މުއްދަތުގެ ވިލުންތެރިކަން ހޯދައިދިނުމަށް ފިޔަވަހި ތަކަކަށް ބަހާލައިގެން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް، ހިންގުމަށް ސަރުކާރުންދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

41 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy