ވައުދާ އެއްގޮތަށް މަސް ގަންނަ އަގު 20ރ. އަށް މަތި ކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ، ކެއުޅުންނާ ބައްދަލުކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

ވައުދުފުޅާ އެއްގޮތަށް ދިވެހި މަސްވެރިން ބާނާ މަސް ގަންނަ އަގު 20ރ. އަށް މަތިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފި އެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ ރައީސް އޮފީހުގައި މިއަދު ކެއުޅުންނާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިންނެވެ.

މި ބައްދަލު ކުރެއްވުމުގައި ކެއުޅުން ބުނީ އެ ފަރާތްތަކުން މީގެ ކުރީގެ ބައްދަލު ވުމުގައި ހުށަހެޅި ކަންކަން ބަލައިގަނެ އެކަންކަން ކޮށްދޭތީ ވަރަށް އުފާ ކުރާ ކަމަށެވެ.

އަދި 48 ގަޑިއިރު ތެރޭގައި މަހުގެ އަގު، މަސްވެރީންނަށް ދޭން ފެށުމުން އެ ދާއިރާ އަށް ކުރިއެރުން އައިސް، ޒުވާނުން އެ ދާއިރާ އަށް ވަންނަ މިންވަރު އިތުރު ވަމުން އަންނަކަން ކެއުޅުން ފާހަގަ ކުރި އެވެ.

މި އަދުގެ ބައްދަލު ކުރެއްވުމުގައި، ކެއުޅުންގެ ފަރާތުން އެންމެ ބޮޑަށް އެދުނީ މި ސަރުކާރުގެ ވައުދާ އެއް ގޮތަށް މަހުގެ އަގު 20 ރުފިޔާ އަށް ބަދަލު ކޮށްދެއްވުމަށެވެ. އަދި ފަސޭހަކަމާ އެކު މިފްކޯއިން މަސްވެރީންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށް ދެއްވުމަށާއި، މަސް ކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުން ކުރާ ގޮތަށް ބަދަލު ކޮށްދިނުމަށް އެދުނެވެ.

މީގެ އިތުރުން މަސް ކަނދުފަތި އިތުރު ކޮށްދެއްވުމަށާއި، މަސްކިރާ ލޮކޭޝަން އިތުރު ކޮށްދެއްވައި، ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ވެސް އެދިފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20ރ. އަށް މަތި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތް ކުރައްވާ ކަމަށާއި، މަސްވެރި ކަމުގެ މުޅި ސިނާއަތް ޑިޖިޓަލައިޒް ކުރުމަކީ އަމާޒެއް ކަމުގައި އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ބޭންކު ލޯން މިހާރު ފެށިފައިވާކަން ފާހަގަ ކުރައްވައި އެކަން އިތުރަށް ފަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާ އެކު ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވި އައިސް ޕްލާންޓް އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އެކަން ފުރިހަމަ ކުރާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވި އެވެ.

ރައީސް ވަނީ މިއަދުގެ ބައްދަލުވުމުގައި ފާހަގަ ކުރެއްވި ކަންކަން ވެސް ހައްލު ކުރުމަށް މަސްވެރިކަމުގެ ސިނާއަތުގައި އުޅުއްވާ ބޭފުޅުންނާއި ގާތުން މަސައްކަތް ކުރައްވާނެކަން ފާހަގަ ކުރައްވާފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

31 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy