ޓެރެރިޒަމަށް ފުލުހުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް

--

ފުލުހުންގެ ފަސް ރީޖަނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ޓެރަރިސްޓް އިންސިޑެންޓް ފަސްޓް ރެސްޕޮންސް އެވެއާނަސް" ޕްރޮގްރާމާއި "ޓެރަރިސްޓް އިންސިޑެންޓް ކޮމާންޑު ރެސްޕޮންސް އެވެއާނަސް'' ޕްރޮގްރާމް ނޯތު ސެންޓްރަލް ޕޮލިހުގެ މުވައްޒަފުންނަށް ކުރިއަށް ގެންގޮސްފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 12 އިން 15 އަށް އދ. މަހިބަދޫގަ އެވެ.

މި ޕްރޮގްރާމުގައި، ރާއްޖެއަށް ނިރުބަވެރި ހަމަލާއެއް އަންނަ ހާލަތުގައި އެ ކަމަށް ހުޝިޔާރުވެ ތިބުމާއި ފާރަވެރިކަމާ އެކު އެ ކަމަށް ރެސްޕޯންޑު ކުރެވޭނެ ގާބިލުކަން ފުލުހުންގެ ކިބައިގައި އިތުރު ކުރުމަށް މައުލޫމާތު ދީފައިވެ އެވެ.

އޭގެ އިތުރުން އެ ފަދަ ހާދިސާއެއް ކުރިމަތިވެއްޖެ ހާލަތުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކާ އަދި ސިނާއީ މަސައްކަތް ކުރާ ރަށްރަށާ އެންމެ ގާތުން އެ ކަމަށް އިޖާބަދޭ ފަސްޓް ރެސްޕޯންޑާޒް އަދި ސުޕަވައިޒަރީ ލެވެލް ތަކުގެ ފުލުހުން އަމަލު ކުރާނެ ގޮތް ތަކާއި އެ ފަދަ ސީން ތަކުގައި ހަރަކާތްތެރި ވާނެ ގޮތް ތަކުގެ އިތުރުން ސަމާލުކަން ދޭން ޖެހޭ ކަންކަމުގެ މައުލޫމާތު ދީފައިވެ އެވެ.

މި ޕްރޮގްރާމުގެ ސަބަބުން، ޓެރަރިޒަމާ ދެކޮޅަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތް ތަކަށް ރެސްޕޯންޑު ކުރުމުގެ ގާބިލުކަން، އަތޮޅު ތެރޭގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިގައި އިތުރުވެގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

މި ޕްރޮގްރާމަކީ ފުލުހުންގެ ކައުންޓާ ޓެރަރިޒަމް އިންޓެލިޖެންސް އަދި އިނގިރޭސިވިލާތުގެ ސަރުކާރު ގުޅިގެން ހިންގަމުންދާ "އިންޓަނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއާ" ޕްރޮގްރާމްގެ ދަށުން، މުޅި ރާއްޖެ ހިމެނޭހެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

33 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy