ރާއްޖެއާއި އިންޑިއާއާ ދެމެދު 13 އެއްބަސްވުމެއްގައި ސޮއިކޮށްފި

--

އިންޑިއާގެ ގްރާންޓް އެސިސްޓަންސް ސްކީމް "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްންޓް"ގެ ތިން ވަނަ ފިޔަވަހީ ގެ ދަށުން 13 މަޝްރޫއެއް ރާއްޖޭގައި ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 13 އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުން ތަކުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއު ތަކުގެ ޖުމުލަ އަގަކީ 100 މިލިއަން ދިވެހި ރުފިޔާ އެވެ. މި މަޝްރޫއު ތަކަކީ ރާއްޖޭގެ ފެރީ ނިޒާމު ތަރައްގީކޮށް، މުޅި ރާއްޖެ ގުޅުވައި ނިންމަން މުހިއްމު އެހީއަކަށް ވާނެ މަޝްރޫއު ތަކެއް ކަމަށެވެ.

މި އެއްބަސްވުން ތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ  މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫއު ތަކުގެ ތަންފީޒީ ފަރާތުގެ ގޮތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު، ވާހަކަފުޅު ދައްކަމުން މިނިސްޓަރު ހަލީލް ވިދާޅުވީ މި މަޝްރޫއު ތަކަކީ މުޖުތަމައުގެ އުމްރާނީ ތަރައްގީ އަށާއި ބޭނުން ތަކަށް ހައްލެއް ހޯދައިދީ، އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ދިގު މުއްދަތަކަށް ފައިދާ ލިބޭ ގޮތަށް އަމާޒު ކުރެވިގެން ކަނޑައަޅާފައިވާ މަޝްރޫއު ތަކެއް ކަމަށެވެ.

މިނިސްޓަރު އަމީންގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށެއް ގުޅާލައި، ހަލުވި ސްޕީޑް ފެރީގެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ހަލުވިކަމާއެކު ކުރިއަށް ގެންދާ ކަމަށެވެ.

އެހެން ކަމުން އިންޑިޔާއާ އެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން މި ހިދުމަތްތައް އިތުރަށް ހަރުދަނާވާނެކަން ފާހަގަ ކުރައްވަމުން އަމީން ވިދާޅުވި ގޮތުގައި ކުރިން މުޅި މަޝްރޫއު 2027 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވީ ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން މި މަޝްރޫއުތައް ނިންމާލެވޭނެ ކަމަށް އުއްމީ ދުކުރައްވާ ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy