ކާޑެއްދޫ އެއާޕޯޓުގައި ހުވަނި އަޅާފައި -- ފޮޓޯ/ މިހާރު
ގދ. ކާޑެއްދޫ އެއާޕޯޓަށް ކުރިމަތިވެފައިވާ ހުވަނީގެ މައްސަލަ ހައްލުކުރަން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ކާޑެއްދޫ އެއާޕޯޓުގައި ހުވަނި ގިނަވެ، އެކަން ކޮންޓްރޯލު ކުރުމަށް އެހީއަށް އެދި، އެ އެއާޕޯޓުން ސިޓީއެއް ނުވަތަ މެއިލްއެއް ވެސް އައިސްފައިނުވާ ކަމަށާއި މިނިސްޓްރީގެ ސަމާލު ކަމަށް މިކަން އައީ ސޯޝަލްމީޑިއާގެ ޒަރީއާއިން ކަމަށެވެ.
އެހެންކަމުން މި މައްސަލަ ސަމާލު ކަމަށް އައުމާ އެކު، މިނިސްޓްރީގެ ފަރާތުން އެއާޕޯޓަށް ގުޅައި، މީގެ ކުރިން އެކޮޅުން އަމަލުކޮށްފައިވާ ގޮތް ބަލައި، އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުގެ މައުލޫމާތު ދީފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހުވަނި ކޮންޓްރޯލް ކުރުމާ ބެހޭ ފަންނީ މައުލޫމާތު ކަރުދާސް އެއާޕޯޓަށް މެއިލްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ހުވަނި ކޮންޓްރޯލް ކުރުމަކީ ރަށު ކައުންސިލްގެ ޒިންމާ އެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ނަމަވެސް އެ ކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެ މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް