ގަހެއްގެ އޮފިގަނޑުގައި ތިބި ދެ ކާޅު --
ވާލާއި ކާޅު ފަދަ ދިރޭ ތަކެތީގެ ސަބަބުން ދަނޑުވެރީންނަށް ލިބޭ ގެއްލުން ތަކަށް ހައްލު ހޯދައިދިނުމަށް އެންވަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އެކު އެގްރިކަލްޗާ މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.
މިނިސްޓަރުގެ އިތުރުން ވުޒާރާގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްގެ އިސްބޭފުޅުންމި ބައްދަލުވުމުގައި ބައިވެރިވެލެއްވި އެވެ.
މި ބައްދަލުވުމުގައި ވާލާއި ކާޅާ ގުޅޭ ގޮތުން އީޕީއޭ އިން ލަފާ ދިނީ ފުރަތަމަ ވާ އަދި ކާޅުގެ އަދަދު ބަލައި ދެނެގަތުމަށެވެ. އެއަށްފަހު، އެ އަދަދަށް ބެލުމަށްފަހު، އީޕީއޭއިން ޖަނަވާރުތައް ބެލެހެއްޓުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނާނެ އެވެ. އަދި މި ތަކެތީގެ އުނދަގޫ ބޮޑުވެ، އިތުރު ގޮތެއް ނެތިއްޖެ ނަމަ، ކޮންޓްރޯލްކޮށްގެން މަދު ކުރުމަށް ވިސްނިދާނެ ކަމަށާއި ނަމަވެސް އެކަން ކުރާނީ އެންމެ ފަހު ކަމެއްގެ ގޮތުގައި ކަމަށް އީޕީއޭއިން ބުންޏެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ މަގުސަދަކީ ދަނޑުވެރީންނަށް ދަނޑުވެރިކަން ކުރުމަށް ރައްކާތެރި މާހައުލެއް ހޯދައިދިނުން ކަމަށެވެ. އަދި އެއާއިއެކު އާންމު ސަލާމަތްތެރިކަން ޔަގީންކޮށް، ރަނގަޅަށް މައުލޫމާތު ލިބިގެން ރޭވުންތެރިކަމާއެކު ކަންކަން ބައްޓަން ކުރުން ކަމަށްވެސް ބުންޏެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް