މައްކާ ރޫޓު ތަންފީޒު ކުރަން ސައުދީ ވަފުދުން މަޝްވަރާކޮށްފި

ސައުދީ ވަފުދުން ކަމާބެހޭ ފަރާތްތަކާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މައްކާ ރޫޓު ތަންފީޒު ކުރުމުގެ ތައްޔާރީ ތަކަށް ރާއްޖެ ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ވަފުދުން ރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކާ ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ އެވެ.

މިއަދު ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އާއި ރާއްޖެގެ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް އާއި އިމިގްރޭޝަން ކޮންޓްރޯލާ ރިޓަޔާޑް މުޙައްމަދު ފަސީހު ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލު ކުރެއްވުމުގައި ބައިވެރިވެވަޑައިގަތް އިތުރު ބޭފުޅުންގެ ތެރޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މި އަހަރު ދިވެހި ހައްޖުވެރީން ދަތުރު ކުރާ މޯލްޑިވިއަންގެ އިތުރުން ސައުދީ އެއާލައިންގެ އިސް ބޭފުޅުން ވެސް ބައިވެރިވެލައްވާފައިވެ އެވެ.

މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރު ޝަހީމް ވަނީ ހާއްސަ ޕްރެޒެންޓޭޝަނެއް ދެއްވާފަ އެވެ. މީގެ އިތުރުން ހައްޖުގެ ތައްޔާރީ ތަކާ ގުޅޭ ގޮތުން ހައްޖު ކޯޕަރޭޝަނުން ވެސް މައުލޫމާތު ދެއްވި އެވެ.

ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް ފެއްޓެވުމަށް ހަމަޖެހިފައި ވަނީ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

27 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy