މިނިސްޓަރު އާދަމް ޝަރީފް -- ފޮޓޯ/ ރައީސް އޮފީސް
ލާމަރުކަޒީ ނިޒާމު ނެގެހެއްޓުމަށް އެލްޖީއޭއިން ކުރަމުން އަންނަނީ ފަހުރުވެރިވުން ހައްގު މަސައްކަތެއް ކަމަށް ލޯކަލްގަވަރުމަންޓް މިނިސްޓަރު އަދި އެލްޖީއޭ ބޯޑުގެ ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ 2023 ވަނަ އަހަރުގެ ސްޓާފް އެވޯޑު ދިނުމަށް ރޭ މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ނެގެހެއްޓުމަށް އެލްޖީއޭއިން ކުރަމުން އަންނަ މަސައްކަތް، މުޅި ނިޒާމުގައި މަސައްކަތް ކުރަމުން އަންނަ އެންމެން ވެސް ބަލައިގަންނަ ކަމަށެވެ. އަދި އެ ކަމަށް ޓަކައި އެލްޖީއޭގެ އެންމެހައި މުވައްޒަފުންނަށް މިނިސްޓަރު ޝުކުރު އަދާ ކުރެއްވި އެވެ.
އާދަމް ޝަރީފު އިތުރަށް ވިދާޅުވީ، އެލްޖީއޭއަކީ އަޅުގަނޑުމެން ހަގީގަތުގައި ވެސް ފަހުރުވެރިވާން ޖެހޭ ފަދަ މުއައްސަސާއެއް ކަމަށެވެ. އަދި ކާމިޔާބާ ހިސާބަށް އާދެވުނީ އެ މުއައްސާސާގައި ލީޑާޝިޕް ކޮލިޓީ ހުރި ވަރަށް ގިނަ ބޭފުޅުންތަކެއް މަސައްކަތް ކުރައްވައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި 2023 ވަނަ އަހަރު އެލްޖީއޭގެ ސްޓާފް އެވޯޑް ހާސިލުކުރި މުވައްޒަފުންނަށް އެވޯޑު ހަވާލުކޮށްދެއްވީ މިނިސްޓަރު އާދަމް ޝަރީފެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް