---
އާންމުންނަށް އުނދަގޫވާނެހެން އައްޑޫ ސިޓީގައި ފެނާއި ކުލަ ޖެހުން މަނާކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ އަޟްހާ އީދާ ގުޅިގެން އައްޑޫ ސިޓީގެ އާންމު ތަންތަނާއި މަގުތަކުގައި އާންމުންނަށް އުނދަގޫވާނެހެން ފެން އަދި ކުލަ ޖެހުމަކީ މަނާ ކަމެއް ކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގާ މީހުންނާ ދޭތެރޭ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިފަދަ ހަރަކާތްތައް ހިންގުމަށް ކައުންސިލުން ވަކި ސަރަޙައްދުތަކެއް ކަނޑައަޅާފައިވުމާއެކު އެފަދަ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ނަމަ ކައުންސިލްގެ ހުއްދަ ލިބިގެން ކަނޑައެޅޭ ސަރަޙައްދުތަކުގައި ހަރަކާތްތައް ހިންގުމަށް ހުއްދަ ދެވޭނެ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
މިއަހަރުގެ އަޟްހާ އީދު ނަމާދު އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ބޮޑު ޖަމާއަތުގައި ކުރަން ވަނީ ނިންމައިފައެވެ.
ހިތަދޫގައި އީދު ނަމާދު ކުރަނީ ކުރީ ފަހަރެކޭ ވެސް އެއްގޮތަށް ސިޓީ ސްކޮއާ ސަރަހައްދުގައެވެ. މަރަދޫގައި ބޮޑު ޖަމާއަތް އޮންނާނީ ބަނދަރު ދެކުނު ފަރާތުގައެވެ. މަރަދޫފޭދޫގައި ބޮޑު ޖަމާއަތް އޮންނާނީ ފުޓްބޯޅަ ދަނޑުގައެވެ. އަދި ފޭދޫ ބަނދަރު ސަރަހައްދުގައި ވެސް ބޮޑު ޖަމާއަތް އޮންނާނެއެވެ.
ހުޅުދޫގައި ބޮޑު ޖަމާއަތް އޮންނާނީ ހިއްކި ބިން ސަރަހައްދުގައެވެ. މީދޫގައި ބޮޑު ޖަމާއަތުގައި އީދު ކުރާނީ ބަނދަރު ކުރިމަތީ އޮންނަ ޕާކުގައެވެ.
ނަމަވެސް، މޫސުން ގޯސްވެ، ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރެވޭ ހާލަތެއް ދިމާވެއްޖެނަމަ، ހިތަދޫގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރެވޭނެ ކަމަށާއި ބޮޑު ޖަމާއަތުގައި ބައިވެރިވާ އެންމެން ޖަމާއަތަށް ދާއިރު، މުސައްލައާއި ފެންފުޅިއެއް ހިފައިގެން އައުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ބޮޑު ޖަމާއަތުގެ އިތުރުން އީދު ނަމާދު ކުރާ މިސްކިތްތައް:
މަސްޖިދުއް ތަގްވާ
މަސްޖިދުލް އިކްރާމް
މަސްޖިދުއް ޝޫރާ
ހުކުރު މިސްކިތް
މަސްޖިދުއް ޛިކްރާ
އީދު ނަމާދު ފެށޭ ގަޑިއަކީ ހެނދުނު 7:00 އެވެ.
މި އަހަރުގެ އަޟްހާ އީދު ދުވަހަކީ މާދަމާއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް