ހައްޖުވެރީންތަކެއް -- ފޮޓޯ/ މިހާރު
މި އަހަރު ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރީން، ހަތަރު ފުލައިޓެއްގައި ސައުދީ އަރަބިއްޔާއަށް ދިއުމުގެ އިންތިޒާމުތައް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ ގޮތުން މި އަހަރު ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ފުލައިޓު ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އެ ފުލައިޓުގައި 235 ހައްޖުވެރީން ސައުދީއަށް ދާނެ އެވެ.
ހައްޖުވެރީންގެ ދެ ވަނަ ފުލައިޓު މި މަހުގެ 27 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، 2 ވަނަ ފުލައިޓުގައި 257 ހައްޖުވެރީން ދަތުރު ކުރާނެ އެވެ. އަދި ތިން ވަނަ ފުލައިޓު މި މަހުގެ 29 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، އެ ފުލައިޓުގައި 250 ހައްޖުވެރިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި 27 އަދި 29 ގައި ހައްޖުވެރީން ދަތުރު ކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަންގަ އެވެ. މިއީ އަހަރުތަކެއް ފަހުން ދިވެހީންގެ އަމިއްލަ ގައުމީ އެއާލައިނުގައި ހައްޖަށް ދާ އަހަރެކެވެ.
ހައްޖުވެރީންގެ ފަހު ފުލައިޓު ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އެ ފުލައިޓުގައި 250 ހައްޖުވެރީން ސައުދީއަށް ދާނެ އެވެ.
މި އަހަރު ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު ސައުދީ ސަރުކާރުން ދީފައިވާއިރު، ރާއްޖެއިން ހައްޖުވެރީން ފުރާއިރު، ސައުދީގެ އިމިގްރޭޝަންވެސް ނިމޭނެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް