ރިޔާސީ އިންތިހާބުގެ ވޯޓަކީ ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށްވުމަށް ވަކާލާތު ކުރާނަން: ރައީސް

ޕޮޑްކާސްޓުގެ ހަވަނަ އެޕިސޯޑުގެ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރިޔާސީ އިންތިހާބުގެ ވޯޓަކީ ޕްރިފަރެންޝަލް ވޯޓިން ނިޒާމުގެ ތެރެއިން ބައްޓަން ކުރެވޭ ވޯޓަކަށްވުމަށް ވަކާލާތު ކުރައްވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނާއެކު ޕޮޑްކާސްޓުގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޕްރިފަރެންޝަލް ވޯޓިންގް ނިޒާމަކަށް ބަދަލުކޮށްފި ނަމަ، މިހާރު އޮންނަ ގޮތަށް، ދެ ވަނަ ބުރުގެ ވޯޓަކަށް ދާންނުޖެހޭނެ ކަމަށެވެ. އަދި މިކަންކަން މި ގޮތަށް ނިންމުމުން ހަރަދު ކުޑަވެ، އެފިޝަންސީ އިތުރުވާ ކަމަށާއި، ނަމަވެސް މިކަން ނިންމާނީ ސަރުކާރުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން ޕްރިފަރެންޝަލް ވޯޓިން ނިޒާމުގެ ސަބަބުން، އެންމެ ގިނަ ރައްޔިތުންގެ ބައިވެރިވުމާ އެކީގައި، އެ ރައްޔިތުން ބޭނުންވާ ކެންޑިޑޭޓަކު ހޮވުމުގެ ފުރުސަތު މާބޮޑުވާ ކަމަށް ގަބޫލު ކުރައްވާ ކަމުގައި ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ހަގީގީ މާނާގައި ރައްޔިތުން ބާރުވެރި ކުރެވިގެންދާނީ އިންތިހާބީ މަގާމު ތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމު ތަކުން ދުރު ކުރުމުގެ ބާރުވެސް، ރައްޔިތުންގެ އަތް މައްޗަށް ލިބުމުން ކަމަށެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ވަކި ގައުމެއްގައި ކަން ކުރާ އުސޫލުން ކަންކަން ކުރަން ނުޖެހޭ ކަމަށާ، އެއަށްވުރެ މާ ރަނގަޅަށް، ސީދާ ރައްޔިތުންގެ ބާރުވެރިކަން ވަރު ގަދަ ކުރެވި، ޔަގީން ކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް ކަންކަން ބައްޓަން ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

24 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy