އާއިލާތައް ބަދަހިވެ، ފުދުންތެރިކަން އިތުރުވީ ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވި ވާނެ: ރައީސް

ރައީސް މުއިއްޒު ތުއްތު ކުއްޖަކާ ސަލާމް ކުރައްވަނީ --ފޮޓޯ/ ރައީސް އޮފީސް

ދިވެހި އާއިލާތަކުގެ ގުޅުން ބަދަހިވެ، ފުދުންތެރިކަން އިތުރުވީ ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އާއިލާތަކުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ރައީސް ވަނީ، ދިވެހި ކޮންމެ އާއިލާ އަކަށް ފަހި ކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފަ އެވެ.

ރައީސް ވިދާޅުވީ އިސްލާމްދީނުގައި އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދީފައިވަނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށެވެ.

"ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާވެގެންދާނެ، ދިވެހި ކޮންމެ އާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަސްރާއި ކާމިޔާބީ މިންވަރު ކުރައްވާށި،" ރައީސްގެ ޕޯސްޓުގައިވެ އެވެ.

ރާއްޖެއަކީ ގައުމުގެ އިޖުތިމާއީ ތަރައްގީގައި އާއިލާ ތަކުގެ މުހިންމު ދައުރެއް އޮންނަކަން އަބަދުވެސް ގަބޫލުކުރާ ގައުމެކެވެ. އެ ގޮތުން ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭންތަކުގައި ސިޔާސަތުތައް ހިމެނުމުގައި އާއިލާ ތަކަށް އަމާޒުކޮށް މުހިންމު ފިޔަވަޅު ތަކެއް އަޅާފައިވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

22 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy