ރައީސް މުއިއްޒު ނަރުހުންތަކަކާ ސަލާމް ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ވަރުބަލިވުމެއް ފޫހިކަމެއްނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަން ނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަން ކުރާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު، ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ނަރުހުންގެ ދުވަހާގުޅިގެން ފޮނުއްވި ތަހުނިޔާގެ ހިތޯބުގަ އެވެ.
އެ މަނިކުފާނުގެ ހިތޯބުގައި މި ސަރުކާރުން ނަރުހުންގެ އަޑު އަހައި އިޖާބަދޭނެ ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ނަރުހުންނަށް ފައިދާ ހުރި އެތައް ކަމެއް، އިސްކަންދީގެން، މި ސަރުކާރުން ފަހިކޮށްދޭނެ ކަމުގައި ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސްގެ ހިތޯބުގައި އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ ބުރަ، އެންމެ ޝަރަފުވެރި އެއް ޒިންމާ ރެޔާއިދުވާލު އުފުލަމުންދާ ހީވާގި ނަރުހުންނަށް، ސާބަހާއި ތާރީފާއެކު ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ފޮނުއްވާފައިވެ އެވެ.
ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހި، އެތައްކަމެއް އެކުވެފައިވާ، ބޮޑު މަސްއޫލިއްޔަތެއް ކަމުގައި އެ މަނިކުފާނު ފާހަގަ ކުރައްވާފައިވެ އެވެ. އަދި ނަރުހުންގެ ހިދުމަތަކީ، ދެވޭ މުސާރައަކަށްވުރެ، އެ ހިދުމަތަށް ލިބޭ ސަވާބާއި ދަރުމަ، އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮ ކަމާއި ހެޔޮ ދުއާ، އެތައް ގުނައަކަށް އިތުރު، މާތް މަސައްކަތެއް ކަމަށް ބަޔާން ކުރައްވާފައިވެ އެވެ.
ރައީސް ވަނީ ނަރުހުންގެ ދުވަހާ ގުޅިގެން މީސް މީޑިއާގައިވެސް ތަހުނިޔާ ވިދާޅުވެ ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ.
އެ މަނިކުފާނުގެ ޕޯސްޓުގައި ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރުހަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ހިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުން ކަމަށާއި، ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރި ވުމުގައި، ހިނިތުންވުމާއިއެކު ކުރަމުންދަނީ މުޅި ގައުމު ފަހުރުވެރިވާ މަސައްކަތެއް ކަމުގައި ފާހަގަ ކުރައްވާފައިވެ އެވެ. އަދި ދިވެހި ނަރުހުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެ މަނިކުފާނު އެދިވަޑައިގެންފައިވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް