--
ރ. ވަންދޫގައި ހުންނަ ސަރަހައްދީ ކުނި މެނޭޖު ކުރާ މަރުކަޒުގެ ތެރޭގައި ނުރައްކާތެރި ކުނި ރައްކާކުރާ ވަގުތީ މަރުކަޒެއް ޑިޒައިންކޮށް، އިމާރާތް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.
އެ މިނިސްޓްރީން މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރީ ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކުގަ އެވެ. މުޅިއެކު 10 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި އެ މަޝްރޫއުގެ އަގު މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
މިއީ ރާއްޖޭގައި ކުނި މެނޭޖު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތް ތަކުގެ ތެރެއިން އެއް މަސައްކަތްކަން ފާހަގަކޮށް، ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަރުކަޒު ގާއިމު ކުރުމުން، ނުރައްކާތެރި ކުނި ރައްކާތެރިކަމާއެކު ގެންގުޅެ، ރައްކާކޮށް، އަދި ނައްތާލުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއަކީ ތިމާވެށި ހިމާޔަތް ކުރުމަށާއި، ރައްޔިތުންގެ ސިއްހަތު ރައްކާތެރި ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މި މަރުކަޒު ގާއިމު ކުރުމުން ރ. އަތޮޅާއި އެ ސަރަހައްދުގެ އެހެން އަތޮޅު ތަކުގެ ނުރައްކާތެރި ކުނި މެނޭޖު ކުރުމަށް ފަސޭހަ ވެގެން ދާނެ ކަމަށް ވެސް ބުންޏެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް