ކަނޑިތީމުގައި ސަގާފީ މަރުކަޒެއް ހުޅުވައިފި

----

ށ. ކަނޑިތީމުގައި ސަގާފީ މަރުކަޒެއް ހުޅުވައިފިއެވެ.

"ކަނޑިސާރު"ގެ ނަމުގައި ހުޅުވާފައިވާ ސަގާފީ މަރުކަޒަކީ މީގެ ފަސް ވަރަކަށް އަހަރު ކުރީއްސުރެ ކުރަމުން އައިސްފައިވާ މަސައްކަތެކެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަސީރު ކަނޑިތީމު ކައުންސިލްގެ ރައީސް އަޙްމަދު އަޙްސަނަށް ރޭ ފޯނުން ގުޅުއްވާ ވިދާޅުވީ ކަނޑިތީމުގައި މި ހުޅުވި ސަގާފީ މަރުކަޒަކީ ވަރަށް އުއްމީދީ ފެށުމެއްކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އާސާރީ ތަރިކަ ރައްކާތެރިކުރުމާއި އެކަމުގެ ޢިލްމު ފޯރުކޮށްދިނުމަކީ މި ވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެކަމުގައި ކަނޑިތީމުގެ މި އިސްނެގުން ވަރަށް އުފަލާއެކު ފާހަގަކުރައްވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ތަރިކައިގެ ތެރޭގައި ހިމެނޭ ހުރިހާ ބައިތަކަކަށް ވެސް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. ކަނޑިތީމުގައި މާއްދީ ތަރިކަތަކެއް ހުރި ފަދައިން މާނަވީ ތަރިކަތަކެއް ވެސް ހުންނާނެ ކަމަށާއި، މާއްދީ ތަރިކަ ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ބީދައިން މާނަވީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.

އެ ރަށު ކައުންސިލުން ވިދާޅުވީ، އެންމެ ފުރަތަމަ ތަކެތި ބަހައްޓާފައި ވަނީ ރަށުގައި ބޭސް ފިހާރައެއް ހިންގި، ޖާގައިގެ ގޮތުން ދަތި ތަނެއްގައި ކަމަށެވެ. އަދި ފަހުން ސަގާފީ މަރުކަޒު ތަރައްގީ ކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، އުވާލާފައިވާ އިހުގެ އަންހެނުންގެ މިސްކިތަށް ތަކެތި ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރުމުގައި މިސްކިތުގެ އަސްލު ނުގެއްލޭ ގޮތަށް އެ މަސައްކަތް ކޮށްފައި ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަހުސަން ވިދާޅުވީ ކަނޑިތީމުގައި ސަގާފީ މަރުކަޒެއް ހެދުމުގެ މަސައްކަތަކީ އެ ރަށުގެ ޒުވާނުންގެ އިސްނެގުމާއެކު ފެށުނު މަސައްކަތެއް ކަމަށާއި، އެކަމުގެ ބޭނުމަކީ ރަށުގެ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ފެންނާނެ ގޮތަށް ބެހެއްޓުން ކަމަށެވެ. އަދި ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތަކީ ކައުންސިލްގެ ޒިންމާގެ ތެރޭގައި ވެސް ހިމެނޭ ކަމެއްކަމަށް ވާތީ، އެ މަސައްކަތަށް ކައުންސިލުން އޭރު ވެސް އަދި މިހާރު ވެސް ވަރަށް ބޮޑު އެއްބާރުލެއްވުމެއް ދެއްވަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

---

ކޮމެންޓް

team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

5 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

9 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

9 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

11 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

21 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
team

ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy