ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ/ މިހާރު
ދިވެހިރާއްޖެ 2.0ގެ ފަހަތުގައި އޮތީ އީ ވޯޓިންއެއް ނޫން ކަމަށާއި އެއީ ކޮރަޕްޝަން ނައްތާލުމާއި ހަރަދު ކުޑަކޮށް، ހިދުމަތްތައް އަވަސް ކުރުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި ރޭ "މޯލްޑިވްސް 2.0" ނަމުގައި ރަސްމީކޮށް އިފްތިތާހު ކުރެވިގެން އެ ދިޔައީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް ކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފު ކުރެއްވި ތުހުމަތަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އިހުސާން ވިދާޅުވީ "މޯލްޑިވްސް 2.0" ގެ މަގުސަދަކީ އީ-ވޯޓިން ނޫން ކަމަށެވެ.
"ރައީސް އަރިހުގައި އެސްޓޯނިއާއަށްވެސް ދެވި އަދި ރޭގެ ޖަލްސާގަވެސް ބައިވެރިވެވި އިއްތިފާގުން މޯލްޑިވްސް 2.0 އިމްޕްލިމެންޓް ކުރުމުގެ ޒިއްމާވެސް އޮތް ވަޒީރުގެ ހައިސިއްޔަތުން ދަންނަވާލަން، އެސްޓޯނިއާގަ ވެސް އަދި ރޭގަ ވެސް ރައީސް ތަކުރާރު ކުރެއްވި އެއް ވާހަކަފުޅަކީ އީ ވޯޓިން ފިޔަވައި އަޅުގަނޑުމެން އެސްޓޯނިއާގައި ޑިޖިޓަލްކޮށް، ދެމުންދާ ހުރިހާ ހިދުމަތެއް ދޭންވާނެ ކަމަށް،"އިހުސާން ވިދާޅުވި އެވެ.
"މޯލްޑިވްސް 2.0" މަޝްރޫއު ރައީސް ޑރ. މުޙައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވީ ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މިއީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލު ތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާހުކުރި ޕްރޮގްރާމެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒު ކުރުމަށް ކުރިއަށް އޮތް ތިން އަހަރަށް ހިންގާނެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ހިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލު ކުރުމަށް މަގުފަހި ވެގެން ދާނެ އެވެ.
މި މަޝްރޫއުން ތަންފީޒު ކުރެވޭ އިސްލާހީ މަސައްކަތްތަކާ އެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކު ތަކަކުން ހިދުމަތް ލިބޭނެ ގޮތަށް ހިދުމަތްތައް ފަރުމާ ކުރެވޭނެ އެވެ. އަދި ހިންގުމުގައި އަދި ހިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ހިދުމަތް ދިނުމަށް ވަކި ވަކި ނިޒާމުތެއް ގެންގުޅޭ ކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ހިދުމަތް ލިބޭ ގައުމެއް ގޮތަށް ރައްޔިތުންގެ އިހްސާސް ތަކާއި ތަޖުރިބާ ބަދަލު ކުރެވޭނެ އެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ތެރެއިން ހިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާހޯދައި، އަވަސް ހިދުމަތެއް ފޯރުކޯށްދިނުން އަދި ނަތީޖާ ނެރުމަށް އިސްކަންދީ، ހިދުމަތް ހޯދުމުގައި ކަންކަން ވާންވީ ގޮތް ނޭނގޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް، ދެފުށް ފެންނަ ހުޅުވާލެވިފައިވާ ހިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަން ކުރެވިގެން ދާނެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް