"ކުދިންގެ ފުށުން ފެންނަ އިންޒާރުގެ ނިޝާންތައް ދެނެގަނެ އެކަމަށް އަވަސް އިޖާބައެއް ދޭންޖެހޭ"

މެޑަމް ސާޖިދާ -- ފޮޓޯ/ ރައީސް އޮފީސް

ސުކޫލްތަކާއި މައިންބަފައިން އަދި އަދުލު އިންސާފު ގާއިމު ކުރާ މުވައްސަސާ ތަކުން ވެސް ކުދިންގެ ފަރާތުން ފެންނަ އިންޒާރުގެ ނިޝާންތައް ދެނެގަނެ އެ ކަމަށް އަވަސް އިޖާބައެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވައިލައްވައިފި އެވެ.

އެ ކަމަނާ މި ކަމަށް ގޮވައިލެއްވީ ޕީޖީ އޮފީހާއި ޔުނިސެފް ގުޅިގެން މި މަހުގެ 10 އިން 12 އަށް ބާއްވާ، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެޑަމްގެ ވާހަކަފުޅުގައި މިއަދު ކުށުގެ މާހައުލުގައި ތިބި ކުދިންނަކީ އިއްޔެ އަނިޔާ ލިބެމުންދިޔަ ނުވަތަ ވިކްޓިމުންގެ ގޮތުގައި ތިބި ކުދިންކަމުގައި ވުމުން، ކުޑަކުދިންގެ އަދުލުގެ ނިޒާމާބެހޭ ކަންކަން ނިންމާއިރު މި ހަގީގަތް ގަބޫލު ކުރަން ވާނެ ކަމަށް ވިދާޅުވި އެވެ.

ހަގީގީ ހާދިސާތަކުން މިސާލު ޖައްސަވައި އެ ކަމަނާ ވަނީ، މަރުގެ މައްސަލައެއްގައި ހައްޔަރު ކުރެވުނު 14 އަހަރުގެ ކުއްޖެއް، އޭނާ ހައްޔަރު ކުރުމުގެ ކުރިން 191 ފަހަރު ކަމާބެހޭ އިދާރާތަކާ މުއާމަލާތް ކުރެވިފައިވާ މައްސަލަ އަކާއި، މީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާ ތަހައްމަލު ކުރަމުން އައި 15 އަހަރުގެ ކުއްޖަކަށް ދައުވާ ކުރެވުނު މައްސަލަ އެއްގައި އެތެރެއިންނާއި ރާއްޖެއިން ބޭރުން އައި ޕްރެޝަރާއެކު އެ ކުއްޖާ މިނިވަންވި މައްސަލައެއްގެ ވާހަކަ ހިއްސާ ކުރައްވާފަ އެވެ.

މި މައްސަލަ ތަކުން ރަމްޒުކޮށް ދެނީ ކުދިންގެ ރައްކާތެރި ކަމަށާއި އަވަސް ފިޔަވަޅު އެޅުމުގައި ނިޒާމީ ގޮތުން ފެއިލްވެފައިވުން ކަމަށް އެ ކަމަނާ ވިދާޅުވި އެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި، މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު، ރާއްޖޭގައި އަނިޔާވެރި ކުށްތައް މަދުވެފައި، ޖަލު ބަންދަށް ގެންދާ ނިސްބަތް މަތިކަމުގައި ވިދާޅުވި އެވެ. އަދި ސިޔާސަތު ހަރުދަނާ ކުރުމަށް އެތައް އަހަރު ހޭދަ ކުރި ނަމަވެސް ޒުވާން އުމުރުގައި ކުށުގެ ވެށީގައި އުޅުމުން އެ ކަމުގެ އަސަރު ޖީލު ތަކަށް ދެމިގެންދާ ކަމެއްކަން ފާހަގަ ކުރެއްވި އެވެ.

މިކަމަށް ހައްލު ހޯދުމަށް ޓަކައި ގެންގުޅޭ ވިސްނުން ބަދަލުކޮށް، އާއިލީ ބައިވެރިވުން ހަރުދަނާ ކުރުމާއި، ހާއްސަކޮށް ބައްޕައިން ޝާމިލުވާ މިންވަރު އިތުރު ކުރުމާއި، އަދި މުވައްސަސާ ތަކުގެ މެދުގައި މިހާރަށްވުރެ، ބޮޑަށް ގުޅުން ބަދަހި ކުރަންޖެހޭކަން މެޑަމް ސާޖިދާގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވި އެވެ. އަދި ނިޒާމުގައި ހުރި އެކިއެކި ފޫނުބެދޭ ކަންކަމާއި ހުރެ، ކުށުގެ ވެއްޓަށް ކުދިން ވަނުމަށް ހުރި ފުރުސަތުތައް ނައްތާލައި، އެ ކުދިން އެ ކަމުގެ ތެރެއަށް ވައްދާ ފަރާތްތައް ޖަވާބުދާރީ ނުވެ ދިއުން ހުއްޓުވުމަށް، ކަމާބެހޭ ފަރާތް ތަކުގެ ކިބައިން އެ ކަމަނާ އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

28 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy