ރޮބޯ މޭން ކުޑަކުދިންތަކަކާއެކު --
ރާއްޖޭގެ ކުޑަކުދިން ދުވަސް ފާހަގަ ކުރުމަށް މި އަހަރު ބާއްވާ ހަރަކާތް ތަކުގެ ތެރެއިން، ގްރޭޓާ މާލޭގެ 5 ސަރަހައްދެއްގައި ކުޑަކުދިންގެ ހަވީރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިއަދު ބާއްވާ މި ކުޑަކުދިންގެ ހަވީރުތައް ކުރިއަށް ދާނީ 16:00 އިން 18:00 އާ ހަމައަށެވެ.
އެ ގޮތުން މާލޭގައި ކުޑަކުދިންގެ ހަވީރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދު ތަކަކީ ރަސްފަންނު، ހެންވޭރު ދަނޑު، ސަލްޓަން ޕާކު އަދި ޖުމްހޫރީ މައިދާނެވެ. ހުޅުމާލޭގައި ބާއްވާ ހަވީރު އޮންނާނީ ސެންޓްރަލް ޕާކުގަ އެވެ. އަދި ވިލިމާލޭގައި ބާއްވާ ހަވީރު އޮންނާނީ މުހުޔިއްދީން ސުކޫލުގަ އެވެ.
ޝައުގުވެރި އެކި ކަހަލަ ކުޅިވަރު ތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ މި ކުޑަކުދީންގެ ހަވީރުތައް ރާވާ އިންތިޒާމު ކުރަނީ އެކި ސުކޫލުތައް ޓީމު ތަކަކަށް ބަހަލާއިގެންނެވެ. އެ ޓީމު ތަކަކީ:
1. ރަސްފަންނު – ތާޖުއްދީން ސްކޫލް، ސީ.އެޗް.އެސް.އީ - މާލެ އަދި ހިރިޔާ ސްކޫލް
2. ހެންވޭރު ދަނޑު - ސީ.އެޗް.އެސް.އީ- މާލެ، މަޖީދިއްޔާ ސްކޫލް، ކަލާފާނު ސްކޫލް އަދި އިމާދުއްދީން ސްކޫލް
3. ޖުމްހޫރީ މައިދާން އަދި ސަލްޓަން ޕާކު - ސީ.އެޗް.އެސް.އީ -މާލެ، އިސްކަންދަރު ސްކޫލް، އަމީނިއްޔާ ސްކޫލް، އަރަބިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް އަދި ޖަމާލުއްދީން ސްކޫލް
4. ހުޅުމާލޭ ސެންޓްރަލް ޕާކު – ހުޅުމާލޭގެ ހުރިހާ ސްކޫލެއް
5. ވިލިމާލޭ މުހުޔިއްދީން ސްކޫލް – މުހުޔިއްދީން ސްކޫލް
މިނިސްޓްރީން ބުނީ މި ހުރިހާ ހަވީރެއްގައި ވެސް ތަފާތު އެކި ގޭމްތަކާއި ހަރަކާތްތައް ރޭވިފައިވާ ކަމަށެވެ.
މިއީ ކުޑަކުދީންނަށް އެ ކުދިންގެ އާއިލާ އާއެކު އުފާވެރި ވަގުތު ތަކެއް ހޭދަ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ޓަކައި އެޑިޔުކޭޝަން މިނިސްޓްރީ އާއި ސްކޫލުތައް ގުޅިގެން މިހާ ކުލަގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރާ ފުރަތަމަ ފަހަރެވެ.
މާލޭ ސަރަހައްދުގެ އިތުރުން ވެސް އަތޮޅު ތެރޭގެ ހުރިހާ ސްކޫލު ތަކެއްގައި ވެސް މި ދުވަސް ފާހަގަ ކުރުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް