ނޭދެވޭ ކަންކަމުން ކުދިން ދުރުކުރުވުމަށް އެންމެން އަޒުމު ކަނޑައަޅަންޖެހޭ: ރައީސް

ނޭދެވޭ ކަންކަމުން ކުދިން ދުރުކުރުވުމަށް އެންމެން އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ރައީސް ވިދާޅުވި —

ކޮންމެ ނޭދެވޭ ކަމަކުން ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުވުމަށް އެންމެން އަޒުމު ކަނޑައެޅުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އެ މަނިކުފާނު މިކަމަށް އެދިވަޑައިގަތީ  މިއަދު ފާހަގަ ކުރާ ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގަ އެވެ.

ރައީސްގެ ހިތޯބުގައި ކުޑަކުދިންނަކީ، އެންމެންގެ ހިތް ތަކުގެ ހަމަޖެހުމާއި ގައުމުގެ ދެމިއޮތުންކަން ފާހަގަ ކުރައްވައި، ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ހަރުދަނާ ޖީލެއްގެ ގޮތުގައި ކުޑަކުދިން ބޮޑެތި ކުރުމަށް ބާރު އަޅުއްވާފައިވެ އެވެ.

އަދި ދިވެހީންގެ ސިޔާދަތާއި ކަރާމާތާއި ތަމައްދުން ނަގަހައްޓަން ތައްޔާރަށްތިބޭ ބަޔެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ގައުމީ ވާޖިބު ކަމުގައި އެ މަނިކުފާނު ފާހަގަ ކުރައްވާފައިވެ އެވެ.

ރައީސްގެ ހިތޯބުގައި، ކުޑަކުދީންނަށް ޓަކައި، ކޮންމެ ތަނަކުން ވެސް، އެކަކު އަނެކަކަށް އިހުތިރާމް ކުރާ، އަދަބު އަހުލާގުން ޒީނަތްތެރިވެފައިވާ، ރީތި މާހައުލެއް ދެއްކުމަށް ބާރުއެޅުއްވި އެވެ. ހަމައެއާއެކު ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތައުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދިނުމަށާއި، ދިވެހި ގައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީން ތަކެއްގެ ކޮނޑުމަތީ މި ގައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރުމަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

މި ހިތޯބުގައި އެ މަނިކުފާނު ވަނީ ކޮންމެ ދުވަހަކު ވެސް ބޭނުންތެރި އާ ކަންކަން ދަސް ކުރުމަށާއި، އެއް ދުވަހަށްވުރެ، ކާމިޔާބު އަނެއް ދުވަސް ހޯދަން އަޒުމު ކަނޑައެޅުމަށް ކުޑަކުދިންނަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. އަދި ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަ ތަކަށް އަހުލުވެރިވެ، ގައުމުދެކެ ލޯބިވުމަށް އެ މަނިކުފާނު ހަނދާން ކޮށްދެއްވި އެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސް، މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭ ކަމުގައި ބަޔާން ކުރައްވާފައިވެ އެވެ. އަދި މާދަމާ ދިވެހި ގައުމާއިގެން ނިޔާމަ ދަތުރެއް ކުރެވޭނެ ގާބިލު ކަމާއި ހިތްވަރު ކުދިންނަށް ލިބޭނީ މިއަދު އެންމެން އެކަމަށް މަސައްކަތް ކޮށްދީގެންކަން ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

23 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy